ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް "މަސްޖިދް ޢަމީލް ޖަލީލް" ހުޅުވައިފިއެވެ.
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް އިމްރާން އަބްދުﷲއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން އަމިއްލަ ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ބިން ދޫކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. ޢަމަލީ މަސައްކަތް ފެށީ އެއަހަރުގެ ނޮވެމްބަރުމަހުއެވެ.
މިއީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650އެއްހައި މީހުންނަށް ނަމާދުކުރެވޭނެއެވެ. މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައިގެ އިތުރުން އަންހެނުންނަށްވެސް ނަމާދުކުރުމަށް ޚާއްސަ ޖާގައެއްވަނީ ކަނޑައަޅާފައެވެ. އަދި އަންހެނުންނަށް ވުޟޫ ކުރެވޭނެ އިންތިޒާމްވެސް ހިމެނެއެވެ.
ހުޅުމާލެ ދެ ވަނަ ފޭަސްގައި ހުޅުވި ފުރަތަމަ މިސްކިތް "މަސްޖިދު އަމީލް ޖަލީލް" މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް ޢިމްރާން ޢަބްދުﷲ މިއަދު ހުޅުވާދެއްވައިފި. މިއީ 480 މީހުންގެ ޖާގައިގެމިސްކިތެއް. މިސްކިތު ގޯތި ތެރެއާއި އެކު 700 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ. pic.twitter.com/1gfyysb46K
— Ministry of Islamic Affairs (@MVIaffairs) October 29, 2021
މިސްކިތް ޢިމާރާތްކޮށްފަވަނީ 2 ފަންގިފިލާއަށެވެ. ތިރީ ފަންގިފިލާ ނަމަދުކުރުމަށް ޚާއްސަކޮށްފަވާއިރު، މަތީ ފަންގިފިލާއަކީ މަލްޓި ފަންކްޝަނަލް އޭރިއާއެކެވެ. އެ ފަންގިފިލާ ލައިބްރަރީއަކީ ކްލާސްރޫމް އޭރިއާއެއް ހިމެނެއެވެ.
މިސްކިތް ތަރައްޤީކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކަކުން ހުޅުމާލޭ ފޭސް ދޭކަށް ވަންނަ ބޮޑު މަގުގައެވެ. މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ވަށައިގެން ހުރިހާ ފަޅިއަކުންވެސް މިސްކިތަށް ވަދެވޭގޮތަށެވެ. "މަސްޖިދް ޢަމީލް ޖަލީލު" ތަރައްޤީކޮށްފަވަނީ 16400 އަކަފޫޓުގެ ބިމެންގައެވެ. މިސްކިތް ޑިޒައިންކުރީ "އިންސައިޑް ޕްލަސް"ކިޔާ ކުންފުންޏަކުންނެވެ. އަދި މިސްކިތް އިމާރާތްކުރުމާއި އެތެރޭގެ ހުރިހާ މަސައްކަތެއް ކުރިއަށްގެންދިއުމަކީ "ޒާން ކޮންސްޓްރަކްޝަން ކޮމްޕެނީ" އިންނެވެ.