އަލިފާނުގެ ހާދިސާއާއި ގުޅިގެން ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދު

އަލިފާނުގެ ހާދިސާއާއި ގުޅިގެން ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދު

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2021 08:21
0

މާލޭ ހުކުރު މިސްކިތުގައި އަލިފާނުގެ ޙާދިސާއެއް ހިނގުމާ ގުޅިގެން މާލޭ ހުކުރު މިސްކިތް ވަގުތީގޮތުން ބަންދުކޮށް އެމިސްކިތުގައި މިއަދު ހުކުރު ނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ހުކުރު މިސްކިތުގައި ކަރަންޓު ޝޯޓުވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކަރަންޓު ނަރުތައް ހަލާކު ވެފައިވާތީ ރެއިން ފެށިގެން މައްސަލަ ހައްލު ވަންދެން އެ މިސްކިތްވަނީ ވަގުތީގޮތުން ބައްދުކޮންފައެވެ. މިހާދިސާއާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، ރޭ 20:50 ހާއިރު ކަރަންޓު ޝޯޓެއްވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ، މާލޭ ހުކުރު މިސްކިތުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާކަމަށާއި، މި ޙާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް، މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

އެހެންކަމުން މިސްކިތް ބޭނުންކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ މި މިސްކިތުގެ ޢިމާރާތް ރައްކާތެރިކުރުމަކީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޒިންމާއެއް ކަމުން، އެ މަރުޒާއި މާލޭ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޝްވަރާ ކުރުމަށްފަހު، މިހާރުން ފެށިގެން ތަނުގެ ކަރަންޓު ވަޔަރިންގ ހުރި ޙާލަތު ބަލައި ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވަގުތީ ގޮތުން ހުކުރު މިސްކިތް އާންމުންނަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

މިސްކިތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ވީ އެންމެ އަވަހަކަށް މިސްކިތް އަލުން ހުޅުވާލާނެކަމުގެ ޔަޤީންކަން އެ މަރުކަޒުން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ކުރިއަށްގެންދިޔަ މަސައްކަތަށްފަހު މާލޭ ހުކުރު މިސްކިތް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކާފަ
ވަގުތީ ބަންދެއްތަ، މިހެން މިބުނީ އައިޖީއެމްއެޗް ގަ ހުރި އެތައްބަޔަކު ނަމާދުކުރަމުން އައިމިސްކިތެއް މިމީހުން ވެރިކަމާ ހަވާލުވި މަހު ކޮންމެވެސް ކަމެއް އެދިމާލުގަ ކުރަންވެގެންނޭ ކިޔާފަ ވަގުތީގޮތަކައް ބަންދުކުރަނީޔޭ ކިޔާފަ ބަންދުކުރީ، މިހާރު ނެތްމިސްކިތެއްވެސް، އެދިމާހުރި ދޮރުވެސް މިއަދާހަހައްވެސް ނުހުޅުވާ އުޅެނީވެސް ރަތްޔިތުން މިށަކުވާ ކޮއްފާނެތީކަން ނޭގެ
ޢ ޢަލީ
ކަރަންޓު ހާލަތު ހުރިގޮތް އެނގިފަ ތިއޮތީ.ވައިރުތައް އަލުން ބަދަލުކުރޭ.