ސިދުރަތުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ސިދުރަތުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2020 01:41
0

އައިޖީއެމްއެޗާ ދިމާލު މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވައިފިއެވެ.

މިދިޔަ މަހުގެ 23 ވީ ހުކުރުދުވަހު އައޖީއެމްއެޗާ ދިމާލު މޫދުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރ ކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް މިއަދު ފޮނުވާފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމީޓަމް ހަދަން ފޮނުވެންދެން މިހާތަނަށް ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ސިދުރަތުﷲގެ ހަށިގަނޑު ވަޅުނުލާ ލަސްވުމުގެ ސަބަބުން އޭނާގެ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފުލުހުން ބުނީ  ސިދުރަތުﷲގެ ހަށިގަނޑު މިހާތަނަށް ޕޯސްޓްމޯޓަމް ހެދުމަށް ނުފޮނުވި ލަސްވީ ހަށިގަނޑު ފޮނުވުމުގެ ކުރިން އިންތިޒާމްކުރަންޖެހޭ ކަންކަން ކުރަމުންދިއުމުންކަމަށެވެ.

ސިދުރަތުﷲ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިފެށޭ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވަނީ

ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ. އެހެންކަމުން ސިދުރަތުﷲގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތެއްވާނަމަ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.