މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާގެ މައްޗަށް ދައުވާކުރުމަށް ފޮނުވައި، އޭނާ ދޫކޮށްލައިފި

މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާގެ މައްޗަށް ދައުވާކުރުމަށް ފޮނުވައި، އޭނާ ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2021 11:49
0

ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އިތުރުން ރައީސް އޮފިސް ކުރިމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށް ފަހު އޭނާ ބަންދުން ދޫކޮށްލާފިއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އާދީއްތަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތުގެ އިތުރުން އިސްލާމީ މަރުކަޒުގައި މަޤްރިބް ނަމާދު ކުރަން ބަޔަކު މީހުން ތިއްބާ އިމާމުގެ ކުރިމައްޗަށް އަރާ މީހަކު ކުޑަކަމު ދިޔަ ކަމަށް ބުނާ މައްސަލަ ބަލަން ފެށިކަން ފުލުހުން ފުރަތަމަ ހާމަކުރިއިރު، ފުލުހުން އެއިރު ވިދާޅުވީ އެކަން ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ.

ކުޑަކަމު ދިޔަ ކަމަށް ބުނާ މީހާގެ ފޮޓޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ ގިނަ ކަންތައްތަކެއްގެ މައްސަލަ މީގެކުރިން ވެސް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.