މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
ކޯޒްވޭ އަޅަނީ ދެރަށް ދެމެދުގައި އޮންނަ ގދ.ހާދު ކިޔާ ކުޑަ ފަޅުރަށް ހުރަސްކޮށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 223 މީޓަރުގެ ބްރިޖަކުން ގދ.މަޑަވެއްޔާ ގދ.ހާދޫ އަދި 160 މީޓަރުގެ ބްރިޖަކުން ގދ.ހާދޫ އާއި ގދ.ހޯނޑެއްދޫ ގުޅާލުމަށެވެ. ދެން ހިމެނެނީ 262 މީޓަރުގެ މަގު ހެދުމާއި، 260 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10މަސްދުވަހުން ނިންމާގޮތަށެވެ. މުޅި މަޝްރޫޢުގެ އަގަކީ 84.2 މިލިއަން ރުފިޔާއެވެ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއަކީ ދަޢުލަތުން 29މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ކޯޒްވޭއަކީ 440 މީޓަރު ދިގު، 7 މީޓަރު ފުޅާ ކޯޒްވޭއެކެވެ.
ގދ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢު މިއަދު އެމްޓީސީސީއާއި ޙަވާލުކޮށްފި
ޕްރެސް ރިލީޒް:https://t.co/z9f8gzA1d0 pic.twitter.com/FUC58GLeoQ— MTCC Plc (@MTCCPlc) October 26, 2021
އެއް ފަޅެއްގައި އޮންނަ މަޑަވެލި-ހޯނޑެއްދޫ ގުޅާލުމަށް ކޯޒްވޭގެ މަސައްކަތްފެށީ ކުރީ ސަރުކާރުން 2016ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމާ ބޭނުންކުރަންފެށީ 2018ވަނަ އަހަރުއެވެ.
ނަމަވެސް ކޯޒްވޭ އަޅާފައިވަނީ ފަޅު ހުރަސްކޮށް، އަޑިން އޮއެ ދައުރުކުރާނެ ރަނގަޅު ނިޒާމެއް ނެތި ކަމަށްވާތީ، ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެ ރަށަށް ކުރިމަތިވާންފެށިއެވެ. ޚާއްސަކޮށް އުދައިގެގެ ލޮނުގަނޑު ކޯޒްވޭގެ މައްޗަށް އަރާ ރަށުތެރެއަށް ރާޅު އަރަމުންދިއުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވިއެވެ.
ކޮމެންޓު ފޮނުވާ