ރިސޯޓް ތަރައްޤީ ކުރުމަށް 18 ރަށެއް ހުޅުވާލައިފި

ރިސޯޓް ތަރައްޤީ ކުރުމަށް 18 ރަށެއް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2021 02:21
0

ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން 18 ރަށަކާއި ހުޅުވާލައިފިއެވެ.

ކުރިން ވެސް 16 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައި "ފެއިލް" ވެފައިވަނިކޮށް މި ފަހަރު ދުބާއީގައި 18 ރަށެއް ހުޅުވާލާފައިވަނީ ދުނިޔޭގެ އެންމެ ގިނަ އިންވެސްޓަރުން އެއް ތަނަކަށް މިހާރު އެއްވެފައިވާ "ދުބާއީ އެކްސްޕޯޓް 2020″ ފެއާގައެވެ.

ރަށްތައް ހުޅުވާލާފައިވާ އަތޮޅުތަކަށް ބަލާލާއިރު، ހއ. އަތޮޅުން 2 ރަށް، ހދ، ށ، ނ، ރ އަތޮޅުން 1 ރަށާއި، މ. އަތޮޅުން 2 ރަށެއް، ފ. އަތޮޅުން 2 ރަށެއް، ތ. އަތޮޅުން 2 ރަށެއް، ލ. އަތޮޅުން 3 ރަށް، ގއ އަދި ގދ އަތޮޅުން 2 ރަށެވެ. މި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް އެއް ފަރާތަކަށް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް:
– ހއ. މެދަފުށި – 10.90 ހެކްޓަރު
– ހއ. އަލިދުއްފަރުފިނޮޅު – 3 ހެކްޓަރު
– ހދ. ކުޑަފަރުފަސްގަނޑު – 1.20 ހެކްޓަރު
– ށ. ކުޑަޅައިމެންދޫ – 14.70 ހެކްޓަރު
– ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު – 20 ހެކްޓަރު
– މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު – 4.28 ހެކްޓަރު
– މ. މާއުސްފުށި – 10.40 ހެކްޓަރު
– ފ. އެނބުލުފުށި – 1.00 ހެކްޓަރު
– ފ. ޖިންނަތުގައު – 0.89 ހެކްޓަރު
– ތ. ކާއްޑޫ – 3.9 ހެކްޓަރު
– ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު – 3.54 ހެކްޓަރު
– ލ. ކަށިދޫ – 3.1 ހެކްޓަރު
– ލ. ބޮޑުމުންޏަފުށި – 3 ހެކްޓަރު
– ލ. ދޮންބެރެހާ އަދި ހޮޅަރެހާ – 4.44 ހެކްޓަރު
– ގއ. މާރެހާ – 17 ހެކްޓަރު
– ގއ. ފުނަދޫވިލިގިއްލާ – 5 ހެކްޓަރު
– ގދ. ކަނޑަހަލަގަލާ – 7.4 ހެކްޓަރު
– ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް – 9.26 ހެކްޓަރު

މިއަދު އިއުލާނުކުރި ރަަށްތަކުގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށް މީހަކު ކުރިމަތިނުލުމުން ބީލަަން ބާތިލް ކުރި ގިނަ ރަށްތަކެއްވެސް ހިމެނެ އެވެ. މީގެ އިތުރުން ބައެއް ރަށްތަކުގައި ރިސޯޓު ތަރައްގީ ކުރެވޭނީ އެ ރަށްތައް އިތުރަށް ހިއްކައިގެން ކަމަށް ބިޑަށް ކުރި އިއުލާނުގައިވެއެވެ. މި ފޯރަމް ފައްޓަވައި ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ބިޑަށް ހުޅުވާލި ރަށްތަކަކީ އިންވެސްޓްކުރަން ރަނގަޅު ފުރުސަތުތަކެއް ހުރި ރަށްތަކެއް ކަމުގައި ވިދާޅުވެފައެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.