ލަންކާ މުބާރާތުގެ ދައުވަތު އުއްޗުއަށް

ލަންކާ މުބާރާތުގެ ދައުވަތު އުއްޗުއަށް

ސްރީލަންކާގައި ބާއްވާ ފޯ ނޭޝަން މުބާރާތަށް ވަޑައި ގަތުމުގެ ދައުވަތު ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަށް ދައުވަތު ދެއްވައިފިއެވެ.

މި މުބާރާތުގެ ދައުވަތު ލަންކާ ސަރުކާރުގެ ފަރާތުން މުހައްމަދު މޫސާއަށް ދެއްވީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ހޯމަދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ދައުވަތު ދެއްވީ ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ޖަސްވާރު އުމަރު ލެއްބެއެވެ. ދައުވަތު ދެއްވުމުގެ އިތުރުން މުހައްމަދު މޫސާގެ ވަނަން ކަމަށްވާ "އުއްޗު" ޖަހާފައިވާ ސްރީލަންކާ ގައުމީ ޓީމުގެ ޖާރޒީއެއް ވަނީ ރަމްޒީގޮތުން ހަދިޔާކޮށްފައެވެ.

އަންނަ މަހުގެ 8 ކުން 17އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯ ނޭޝަން ކަޕްގައި ވާދަކުރަނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކޮށްފައިވާ ބަންގްލަދޭޝް އާއި ސްރީލަންކާގެ އިތުރުން ރާއްޖެ އާއި ސީޝެލްސްއެވެ. މިމުބާރާތް ކުރިއަށްދާނީ ލަންކާގެ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގައެވެ. މިއީ ލަންކާގެ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އެގައުމުން ބާއްވާ މުބާރާތެކެވެ. ކޯވިޑް-19 އާ ގުޅިގެން ފާއިތުވެގެންދިޔަ ދެ އަހަރުވެސް ލަންކާގައި އެންމެ ރަނގަޅު ގޮތުގައި ފުޓްބޯޅައިގެ ޙަރަކާތްތަކެއް ކުރިޔަކަށް ނުގެންދެވެއެވެ. މީގެ ކުރިންވެސް 2012ވަނަ އަހަރު ލަންކާއިންވަނީ އިންޓަނޭޝަނަލް މުބާރާތެއް ބާއްވާފައެވެ. އެފަހަރުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވަނީ އެމުބާރާތް ކާމިޔާބުކޮށްފައެވެ.

ފޯ ނޭޝަން ކަޕްގައި ސީނިއަރ ގައުމީ ޓީމު ވާދާކުރާއިރު ފުރަތަމަ މެޗްގައި އަންނަ މަހުގެ 8 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އަންނަ މަހުގެ 11ވަނަ ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި މިއަންނަ މަހުގެ 14ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. އުއްޗުގެ ބަދަލުގައި ޗަމްޕާ ލިއުއްވުން ނުވަތަކިއުއްވުން އަޅުގަނޑު ދެކޭގޮތުގައި މާރަނގަޅުވާނެއެވެ

  2. އުއްޗުގެ ބަދަލުގައި ޗަމްޕާ ލިއުއްވުން ނުވަތަކިއުއްވުން އަޅުގަނޑު ދެކޭގޮތުގައި މާރަނގަޅުވާނެއެވެ

Leave a Reply

Your email address will not be published. Required fields are marked *