"މީމު އެއަރޕޯޓް" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި އެއަރޕޯޓް ތަރައްޤީކުރަނީ މުލަކަތޮޅު މުލީގައެވެ. މީމު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 28ގަ އެވެ. އެއީ 221 މިލިއަން ރުފިޔާ އަށެވެ. މި އެއާޕޯޓު ހެދުމަށް 14 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަނެއް ހަދާ ގޮތަށް ވަނީ ނިންމައިފައެވެ. މި ހުރިހާ މަސައްކަތް ކުރާނީ އެމްޓީސީސިންނެވެ.
އެންމެ ފުރަތަމަ މަސައްކަތް ފަށާފައިވަނީ އެއަރޕޯޓްގެ ފަޔަރ ބިލްޑިންގްގެ މަސައްކަތެވެ. ފަޔަރަ ބިލްޑިންގ އިމާރާތުގެ ފައުންޑޭޝަން މަސައްކަތާއި ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތްތައް އަންނަ ހަފްތާ ތެރޭގައި ނިންމާ، އިމާރާތް ރޭނުމުގެ މަސައްކަތް ފަށާނެއެވެ.
މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯޓް ފަޔަރ ބިލްޑިންގ ގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފެށިގެން ދަނީ ކުރިއަށް. މި މަސައްކަތް މި ހަފުތާތެރޭ ނިންމާލެވޭނެ. ދެން ފެށުމަށް ހަމަޖެހިފައިވަނީ ފަޔަރ ބިލްޑިންގ ގެ ކޮލަމްތަކުގެ މަސައްކަތް.#MTCCProjects pic.twitter.com/8xSUiLLH9v
— MTCC Plc (@MTCCPlc) October 25, 2021
އެއަރޕޯޓްގެ މަސައްކަތް މުލީގައި ކުރިއަށްގެންދަނީ އިތުރަށް ބިން ހިއްކައިގެންނެވެ. 2018 ވަނަ އަހަރުވަނީ މުލީން 40 ހެކްޓަރުގެ ބިން ހިއްކާފައެވެ. މުލީ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައިވަނީ އިތުރު 14 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާއެކުއެވެ. އަދި 1812 މީޓަރުގެ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން 1،812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ.
"މީމު އެއަރޕޯޓް"ގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިއަހަރުގެ އޭޕްރީލްމަހު، އެމަނިކުފާނު މ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ މީމު އަތޮޅުގައި އަޅާ ފުރަތަމަ އެއަރޕޯޓެވެ. މި އެއަރޕޯޓާއެކު ސަރުކާރުންވެފައިވާ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވުމުގެ ވަޢުދު ފުއްދޭނެއެވެ.
ކޮމެންޓު ފޮނުވާ