ވ.ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ 24 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެއެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 24 އޮކްޓޯބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި. #MTCCProjects #RayyithungeKunfuni pic.twitter.com/VxcBiYneXf
— MTCC Plc (@MTCCPlc) October 25, 2021
އެމްޓީސީސީން ވަނީ މިއަހަރު ކުރީ ކޮޅު ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ނިންމާލާފައެވެ. މިބަނދަރުގެ މަސައްކަތަކީ ވ.ރަކީދޫގައި މުޅިން އަލަށް ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 11306 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 198 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ. އަދި 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 44 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް އެކުންފުނިން ކޮށްފައިވެއެވެ.
ވ.ރަކީދޫއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ކުޑަ އާބާދީއެއް އޮންނަ އެއް ރަށެވެ. 6.3 ހެކްޓަރުގެ ރަކީދޫގެ އާބާދީއަކީ 374 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީ އުޅެނީ 200އިން ދަށުގައެވެ. ރަކީދޫގައި ޢާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ.
ކޮމެންޓު ފޮނުވާ