ފުލުހުންގެ އާ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މަގާމުން ވަކު ކުރުމަށް ނިންމާފައިވާ އޮފިސަރުންގެ ތެރެއިން 3 އޮފިސަރަކު، ހައިކޯޓުގައި އޮތް އިސްތިއުނާގުގެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް މަގާމުން ވަކު ނުކުރުމަށް އަމުރު ކޮށްފިއެވެ.
ފުލުހުްނގެ ގާނޫނަށް ގެނައި ބަދަލަކާއި އެއްގޮތަށް ކަމަށްބުނެ 9 ފުލުސް އޮފިސަރަކުން މަގާމުން ވަކިކުރުމަށް ފުލުސް ބޯޑުން ލަފާ ދިނުމާއި ގުޅިގެން މަގާމުން ވަކިކުރުމަށް ފުލުހުންގެ މުވައްސަސާއިން އިންމުމުން އޮފިސަރުން އިންސާފު ހޯދުމަށް މައްސަަލަ ހުށަހެޅި ސިވިލް ކޯޓަށެވެ. އަދި ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ ބަލާ ނިމެންދެން މަގާމުން ވަކި ނުކުރުމަށް އަމުރެއް ނެރެދިނުމަށް ފުލުސް އޮފިސަރުން ސިވިލް ކޯޓަށް ހުށަހެލިނަމަވެސް އެކޯޓުން ނިންމާފައިވަނީ، އެ އަމުރު ނެރެދެވެން ނެތް ކަމުގައެވެ.
އެހެންނަމަވެސް، މިއަމުރު އޮފިސަރުންވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
މި އިސްތިއުނާފްގެ މައްސަލާގައި މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ވަކި ގޮތެއް ނުނިންމަނީސް ޕޮލިސް އޮފިސަރުން ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން، 3 އޮފިސަރަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައެވެ.
މިގޮތުން، އެވެސް ފިޔަވަޅެއް ނޭޅުމަށް ހުކުމް ކުރި 3 އޮފިސަރުންނަކީ، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
ހައިކޯޓުގެ ހުކުމުގައި ވާގޮތުން، ކޯޓަށް މައްސަލަ ހުށަހެޅި އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދަކީ ކުރިން ވެސް ވަޒީފާ އިން ވަކިކޮށްފައިވާ ބަޔަކަށް ވާތީ ހައި ކޯޓުން އަމުރެއް ނެރުނަސް، އެ ދެ މީހުންގެ މައްސަލަ އަށް ލިބޭނެ ފަރުވާއެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.
ކޮމެންޓު ފޮނުވާ