ތިލަފުށީ ޓިމްބާ ހައުސްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ތިލަފުށީ ޓިމްބާ ހައުސްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 އޮކްޓޯބަރ 2021 10:45
0

ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކ.ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފައިވަނީ 10:30 ކަން ހާއިރުކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ރޯވި އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ. އަދި މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.