މިިދިޔަ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ކޯވިޑް-19 އާ ހެދި ފަސްކޮށްފައި ވާތީ، އިންތިހާބަށް ކުރިމަތިލި 49 ކެންޑިޑޭޓުން މިހާތަނަށް ނަން އަނބުރާ ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެކޮމިޝަނުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މިއަދު ނަން ނެގި 3 ކެންޑިޑޭޓަކައިއެކީ މިހާތަނަށް ނަން ނެގި ކެންޑިޑޭޓުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ. މިއަދު ނަންނެގި3 ކެންޑިޑޭތުންނަކީވެސް އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮޑިއަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންނެވެ.
މިއަދު ނަން ނަގާފައިވާ 3 ކެންޑިޑޭޓުން:

މިހާތަނަށް އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ޕާޓީގެ 16 ކެންޑިޑޭޓަކު، ޕީޕީއެމުން ކުރިމަތިލި7 ކެންޑިޑޭޓަކު އަދި ޖޭޕީގެ 6 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، ވަނީ ނަން ނަގާފައި ވެ އެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އެއް އަހަރު ދުވަހަށް ފަސްކުރީ ކޯވިޑް-19އާއި ގުޅިގެން އިޢުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ. މިއާއެކު އިންތިޚަބު ފަސްކުރުމަށް ވަގުތީ ޤާނޫނެއްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވިއެވެ. އެޤާނޫނު ރަސްދީޤްކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެއެވެ. އެހެންކަމުން އެބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވި ތާރީޚުން ބަލާނަމަ އަންނަ އަހަރުގެ މެއި މަހުގެ 10 ގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ މާރިޗު މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ