ހޯދާ ކޮންމެ ޙައްލެއްގައި އެންމެން ހިމަނައިގެން ނޫނީ ހާލަތުން އަރައިނުގަނެވޭނެ: ޝާހިދު

ހޯދާ ކޮންމެ ޙައްލެއްގައި އެންމެން ހިމަނައިގެން ނޫނީ ހާލަތުން އަރައިނުގަނެވޭނެ: ޝާހިދު

އިޤްތިޞާދީ ގޮތުން މިއަދު ދުނިޔެއަށް ދިމާވެފައިވާ ހީނަރު ކަމުގައި ހޯދާ ކޮންމެ ހައްލެއްގައި އެންމެ ހިމަނައިގެން ނޫނީ މިހާލަތުން އަރައި ނުގަނެވޭނެކަމަށް އދ.އާންމު މަޖިލީހުގެ ރައީސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

8 ވަނަ ވޯލްޑް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަހަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ކޯވިޑް-19 އިން އަރައިގަތުމުގެ ދިގު ރާސްތާގެ ފެށުން މުޅި ދުނިޔެ އިން ވެސް ފަށާފައިމިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ވެސް ކުރިމަތިލަމުން ކަމަށެވެ. ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އުދަގޫތަކެއް ކުރިމަތިވެފައިވާ ޤައުމުތަކަށް މި ބަލިމަޑުކަން ވެގެން ދިޔައީ ވަރަށް ބޮޑު ހީނަރުކަމަކަށް ކަމުގައެވެ. އަދި މި ހީނަރުކަމުން އެހާ އަވަހަށް އަރައިގަނެވޭނެ ކަމުގެ އިޝާރާތެއް ނުފެންނަކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ފޯރަމްގައި ޙައްލުކުރަންޖެހޭ ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ހުރި ހުރަސްތައް އެންމެ ފުރިހަމަގޮތުގައި ނައްތާލައި، ދެމެހެއްޓެނިވި ގޮތެއްގައި މި ހީނަރުކަމުން އަރައިގަނެވޭނެގޮތް މަގުފަހިކޮށްދޭނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް އެކަށީގެންވާ ޙައްލުތަކެއް ހޯދައިދީ އަދި އެކަންކަން ހުށަހަޅަންޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ އަތުގައި ހުރީ ހަމައެކަނި ރިވެތި ބަސްތަކެއް އަދި ހެޔޮ ނިޔަތްތަކެއް. ހޯދާ ކޮންމެ ޙައްލެއްގައި އަޅުގަނޑުމެން އެންމެން ހިމަނަންޖެހޭނެ؛ މައުނަވީ ގޮތެއްގައި މި މަސައްކަތް ގެންދެވޭނެ މަގަކީ އެއީ.

– ޝާހިދު ވިދާޅުވިއެވެ.

މި ފޯރަމަކީ، މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަން އިތުރުކޮށް، އިންވެސްޓްމަންޓް ތައް އަލުން ދިރުވައި، އިންވެސްޓްމަންޓްތައް އަލުން ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ދެނެގަނެ، އެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފޯރަމެއްކަން ފާހަގަކޮށް، މި ފޯރަމްގައި ބަޔާންކޮށްފައިވާ ބައެއް ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ތިން ނުކުތާއެއް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ފުރަތަމަ ގޮންޖެހުމަކީ "އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ އިންވެސްޓްމަންޓް މޮބިލައިޒް ކުރުން". ބޭނުންވަނީ ފުޅާ ދާއިރާއެއްގައި، ހަމަހަމަ ކަމާއެކު އެންމެންނަށް އެއް ސްޕީޑެއްގައި ހިނގާ، ރިކަވަރީ އެއް – އެއްވެސް މީހަކު ބާކީ ކޮށްގެން ނުވާނެކަމަށެވެ. އަދި 2030 ގެ އެޖެންޑާއާއި ޕެރިސް އެގްރީމަންޓަކީ، އެންމެން ޝާމިލުވާ، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢުތަކެއް ޙާޞިލުކުރުމަށް އެކުލަވާލާފައިވާ ބްލޫޕްރިންޓްތަކެއްކަން އެގޭކަމަށް ޝާހިދު ވިދާޅުވިއެވެ.

މިހާރު އޮތް ގޮންޖެހުމަކީ އެކަންކަން ތަންފީޒު ކުރުން. ރިކަވަރީ ޕްލޭންތަކާއި ޕްރޮގްރާމްތަކަކީ ތަރައްގީއާއި މޫސުމީ ލަޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަން އަޅުގަނޑުމެން ޖެހޭ.

– ޝާހިދު ވިދާޅުވިއެވެ.

ދެވަނަ ގޮންޖެހުމަކީ "ރީޖަނަލިޒަމް އަދި ޕްރޮޓެކްޝަނަލިޒަމްގެ ތެރޭގައި ދުނިޔޭގެ އިންވެސްޓްމަންޓް ގަވަނަންސް އަލުން ތަރުތީބު ކުރުން" ކަމަށް ޝާހިދު ވިދާޅުވިއެވެ. މިތަނުގައި ޕްރައިވެޓް ސެކްޓަރ ވަރަށް މުހިއްމު ދައުރެއް އަދާކުރާކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދީ، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ތިމާވެށީގެ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މާލީ ޤަވާޢިދުތަކަށް ފާރަވެރިވެ، އިނޮވޭޝަނާއި ކުރިއެރުމުގެ އިންޖީނެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަރުންނަށް ވަޒީފާގެ ބާޒާރާއި އާއްމު ދިރިއުޅުން ކުރިއެރުވޭނެކަމަށެވެ. ޕެންޑެމިކްގެ ފަހުން އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ގްލޯބަލް ސްޓިމިއުލަސް ޕެކޭޖްތަކުގެ ސަބަބުން، ރައްޔިތުންގެ ފައިސާއިން 3.5 ޓްރިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރެވުނުކަމަށް ޝާހިދު ވިދާޅުވިއެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހަމައެކަނި ދިހަބައިކުޅަ އެއްބައި ކަނޑައަޅާފައި އޮތް ނަމަވެސް، ޕްރައިވެޓް ސެކްޓަރަށް މި ފަންޑުތަކުގެ ބޭނުން ހިފައި، އޭގެއިން ފައިދާކުރުވަނި ނަތީޖާ ދިހަ ގުނައަށް އިތުރުކުރެވިދާނެ. މިއާއެކު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށް ބޭނުންވާ ޖުމްލަ އިންވެސްޓްމަންޓްގެ ތިންބައިކުޅަ އެއްބައި ލިބޭނެ.

– ޝާހިދު ވިދާޅުވިއެވެ.

ތިންވަނަ ގޮންޖެހުމަކީ "އާ ޓެކްނޮލޮޖީއާއި އާ ސިނާއީ އިންގިލާބާ ގުޅުން ހުރި" ގޮންޖެހުންކަމަށާއި، ޕެންޑެމިކްއަށް ފަހު ދުނިޔޭގެ އިންވެސްޓްމަންޓް-ކޮންޓެކްސްޓްގައި ތަރައްގީގެ އާ އިސްތިރާޖެއް ބޭނުންވާ ކަމަށް ޔޫއެންސީޓީއޭޑީއިން ބުނާ ބުނުމަށް ތާއީދު ކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *