ޑޮނާޑް ގާމެންޓް އަދި ޑޮނާޑް މެޓަލް ސައިން ހުން އިމާރާތުގައި އަލިފާން ރޯވެ އެމްއެންޑީއެފްއިން ހަރަކާތްތެރި ވާން ފަށައިފިއެވެ.
އެމްއެންޑިއެފްއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޑޮނާޑް ގާރމެޓް ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އަދި މި ހާދިސާގެ ރިޕޯރޓް އެފްއާރްއެސްއަށް ލިބިފައިވަނީ މިއަދު 16:49 ހާއިރު ކަމަށެވެ.
ޑޮނާޑް ގާރމެޓް ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި. ހާދިސާގެ ރިޕޯރޓް އެފްއާރްއެސްއަށް ލިބުނީ މިއަދު 16:49 ހާއިރު. pic.twitter.com/sCfveyHxju
— Maldives National Defence Force (@MNDF_Official) October 20, 2021
ޑޮނާރޑް ގާރމެންޓް އަދި ޑޮނާރޑް މެޓަލް ސައިން ހިމެނޭ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި އަލިފާން ރޯވެފައިވާއިރު، އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަކަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.
އަދި އެމްއެންޑީއެފް އިންދަނީ އެ އިމާރާތުގައި ދިރިއުޅޭ އެންމެން އިމާރާތް ހުސްކުރަމުންނެވެ.

އެމްއެންޑިއެފްއިން ފަހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ޑޮނާޑް ގާރމެޓް ހުންނަ އިމާރާތުގެ 3 ފަންގިފިލާގައި ރޯވި އަލިފާން 17:09 ހާއިރު މުޅިން ނިއްވާލެވިފައޮ ވާކަމުގައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށްވެސް މި ޓުވީޓުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ