ޔުއެފާ ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑް ބަލިކުރި މެޗުގެ ފަހު 10 މިނިޓް ތެރޭގައި ސަލާހު ޖެހި ލަނޑުން ލިވަޕޫލް ލިވަޕޫލް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅެ އެތުލެޓިކޯ މެޑްރިޑް އަތުން 3-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު ސަލާހު ވެފައިވަނީ ލިވަޕޫލުގެ ތާރީޚުގައި ޖެހިޖެހިގެން ނުވަ މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން ނަބީ ކެއިޓާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.
އެކަމަކު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. 14 މިނެޓުގެ ތެރޭގައި މި ދެ ލަނޑުވެސް އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. މެޗުގެ ފުރަތަމަ ހާފު އެއްވަރެއްގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި މި މެޗުގައި އެތްލެޓިކޯގެ ދެ ލަނޑު ޖެހި އެންޓޮއިން ގްރީޒްމަން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ރެފްރީ ރަތްކާޑެއް ދެއްކިއެވެ. މިއީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ރޮބާޓޯ ފިރްމީނޯގެ ބޮލުގައި ފައިން ޖެހުމުން ދެއްކި ރަތްކާޑެކެވެ.
އެއާއެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެތުލެޓިކޯ އަތުން މޮޅުވި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސަލާހުހެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ޑިއޯގޯ ޖޮޓާއަށް އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރެއިން ޖޮޓާ ކުރި ފައުލަކަށް އެތުލެޓިކޯއަށް ރެފުރީ ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ އާއި ތިންވަނައިގައި އޮތް ޕޯޓީއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު،ފުލުގައި އޮތް މިލާނަށް އަދި މިހާތަނަށް ޕޮއިންޓެ