ތިން ލަނޑުގެ މޮޅަކާއެކު އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ތިންވަނަ އަށް ލިވަޕޫލް ޖެހިލައިފިއެވެ.
ލިވަޕޫލް ތިންވަނަ އަށް ޖެހިލީ އަމިއްލަ ދަނޑުގައި 3-0 ން ބްރެންޓްފޯޑް ބަލިކޮށްގެންނެވެ. ލިވަޕޫލްގެ ފުރަތަމަ ދެ ލަނޑު ދެހާފްގައި ޖެހީ މިސްރު ފޯވާޑް މުޙައްމަދު ސަލާހު އެވެ. ތިންވަނަ ލަނޑު ޖެހީ ޖޮޓާއެވެ. ހާފް ނިމެން ކައިރި ވެފައިވަނިކޮށް ފުރަތަމަ ލަނޑު ޖަހާ ސަލާހު ލިވަޕޫލަށް ކުރިހޯދައިދިނީ ނޫނޭޒް ތަނަވަސްކޮށްދިން ފުރުޞަތުންނެވެ. ލިވަޕޫލުން ދަނީ މިސީޒަންގައި އަމިއްލަ ދަނޑުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަމުންނެވެ.
މިމޮޅާއެކު ލަވަޕޫލް ދެވަނަ އަށް ޖެހިލީ ކުރިން އެމަގާމްގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް, ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ދެޓީމްވެސް އޮތީ 12 މެޗުން 27 ޕޮއިންޓާ އެކުއެވެ. އެއްވަނާގައި ސިޓީ އޮތީ 28 ޕޮއިންޓާ އެކުއެވެ. ހަތަރު ވަނާގައި ޓޮޓެންހަމް އޮތީ 26 ޕޮއިންޓާ އެކުއެވެ. ބްރެންޓްފޯޑް ވަނީ ދިހަ ވަނައިން އެގާރަ ވަނައަށް ސޮއްސާލާފައެވެ.
ލީގުގައި ބްރައިޓަންއާއި ޝެފީލްޑް ޔުނައިޓެޑް ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ބްރައިޓަން އޮތީ އަށް ވަނާގައެވެ.