ޖެންޑަރ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް ރިޒުނާ

ޖެންޑަރ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް ރިޒުނާ

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 07:01
0

ޖެންޑަރ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް، ކުރީގެ ނޫސްވެރިޔާ ރިޒުނާ ޒަރީރު ހަމަޖައްސައިފިއެވެ.

ރިޒުނާ ހަމަޖައްސާފައިވަނީ ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށެވެ. ރިޒުވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި، ހުޅުމާލެ ދާއިރާއަށް ވާދަކޮށް ބަލިވެފައެވެ. އެމްޑީޕީ ޓިކެޓްގައި ވާދަކުރި ރިޒުނާ ބަލިވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުން އިބްރާހިމް ޝުޖާއާއި ވާދަކޮށްގެނެވެ.

2006ވަނައަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނިކުންނެވި ރިޒްނާ ވަނީ އެދާއިރާގައި ގާތްގަނޑަކަށް 14 އަހަރު މަސައްކަތް ކުރައްވާފައެވެ. ރިޒުނާ ގެންދަވަނީ ފަހަކަށް އައިސް ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ރިޒުނާ އެންމެ ގިނަ ދުވަހު މީޑިއާގައި ހަރަކާތްތެރިވެފައިވަނީ ރާއްޖެ ޓީވީގައެވެ. ރާއްޖޭގައި މަސައްކަތްކުރި ގިނަ ނޫސްވެރިންތަކަކަށް މިސަރުކާރުން ވަނީ ސިޔާސީ މަޤާމުތަކަށް އައްޔަން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައްޒާމު ހައްގު
ރިޒުނާ އަށް އެޗްޑީސީ އަށް ނުވަދެވުނުދޯ