ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ ނިޔާވީ އައްބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 100 ޕަސެންޓް އިހުމާލުން ކަމަށް އެކުއްޖާގެ ބައްޕަ ބުނެފިއެވެ.
ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ މައްސަލައިގައި އިހުމާލުވި ކަމަށް ބުނާ ޑޮކްޓަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އެކުއްޖާގެ ބައްޕަ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްގައި މިއަދު ވަނީ ކުއްޖާގެ މަރާއި ގުޅޭގޮތުން ލެޔެފައެވެ. އޭނާ ބުނީ މާ ބޮޑަށް "ލޫސް ސްޓޫލް" ވާތީ އިމަޖެންސީކޮށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު ހޮސްޕިޓަލަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް ފަސް މިނެޓު ވީއިރު ވެސް އެމްބިއުލާންސްގެ ޚަބަރެއް ނުވުމުން، އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާނެކަމަށް ބުނުމުން، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ބަޔަކަށް ވުމުން ކުއްޖާ ގެންދަން ޖެހޭނީ ކޯވިޑް ފެސިލިޓީ އަށް ކަމަށް ހޮސްޕިޓަލުން އެންގި ކަމަށެވެ.
ނަމަވެސް ކޯވިޑުން ރަނގަޅުވިތާ އޭރު 16-18 ދުވަސް ވެފައިވާ ކަމަށް ހަމީދުގެ ބުނެފައިވެއެވެ. އޭނާ ބުނީ ކުއްޖާ ޑޮކްޓަރަށް ދައްކަން ދާން އެދުމުން ހޮސްޕިޓަލަށް ވައްދަން ދެކޮޅު ހަދައި، ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ ހެނދުކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ.
އަމިއްލަ ދަރި އުރާލައިގެން ހޮސްޕިޓަލަށް ދާން އެދުމުން ވެސް ބުނީ ހޮސްޕިޓަލަށް ގެނަޔަސް ޑޮކްޓަރު އެޓެންޑު ނުވާނެ ކަމަށް އޭނާ ބުނެފިއޭ. ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ ހެނދުނު 8 ގައޭ.
– އެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ލިޔެފައި ވެއެވެ.
ނަމަވެސް ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވީ ހުއްޓާ ނުލައި ގުޅާތާ ދެ ގަޑިިއިރު ފަހުން ހެނދުނު 6:15 ގައިކަމަށެވެ. އެ އަށް ފަހު، ކޮވިޑް ފެސިލިޓީ އަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ ވެސް ދޮޅު ގަޑިއިރު ބޭއްވި ކަމަށް ހަމީދު ތުހުމަތުކުރެއެވެ. އޭނާ ބުނިގޮތުގައި، ހެނދުނު 7:40 ވީއިރު ކުއްޖާ ނޭވާ ނުލައި، ހަރަކާތް ހުއްޓުނުކަމަށެވެ. އޭގެ ތިން މިނެޓު ފަހުން ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް ވަރަށް އިމަޖެންސީ ވެލާފައި ދިޔައިރު މާ ލަސްވެފައިވާ ކަމަށް ހަމީދު ބުންޏެވެ.
މި ކުއްޖާއަށް މައްސަލައިގައި އިހުމާލުވީ ކަމަށް ބަލައި ސަސްޕެންޑް ކޮށްފައިވަނީ އެވަގުތު ޑިއުޓީގައި ހުރި ޑޮކްޓަރެވެ. ތުއްތު ކުއްޖާ މަރުވީ ކޯވިޑް ޖެހިގެން ކަމަށް ފުރަަތަމަ ރިޕޯޓްކޮށްފައި ވިޔަސް، އެއީ ކޯވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ