އދ.ދަނގެތީގައި އަނިޔާވެރިކަމާއެކު މަރާލާފައި އޮތްވައި ފެނުނު މަޙުމޫދު އަބޫބަކުރުގެ ފޯނާއި، އެހެން ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ދަނީ މަހުމޫދުގެ މަރާއި ގުޅިގެން ހުއްޓާނުލައި ތަހުގީގް ކުރިއަށް ގެންދަމުންނެވެ. ފުލުހުންގެ ފޮރެސިކް ޓީމާއި، އެހެން ބައެއް ފުލުހުންގެވެސް ދަނީ ދަނގެތީގައި ހަރަކާތްތެރިވަމުންނެވެ. މަހުމޫދުގެ ފޯނު ހޯދާފައިވާއިރު، ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފުލުހުންގެ ޓީމުން މިމައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ (ސާލިމް) ވަނީ ހައްޔަރުކޮށްފައެވެ. އަދި މިކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރާއި އަމަލުކޮށްފައިވާ ގޮތްވެސް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ. ނަމަވެސް ފުލުހުން އަދި މި ތަހުގީގާއި ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
މި މައްސަލައާ ގުޅުން ހުރި ތަކެތީގެ ތެރެއިން ވަޅުލާފައި ހުރި ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފައެވެ. އެކަމަކު، ފޯނު ފެނުނީ އޭގެ ތެރެއިން ކަމެއް ޔަގީނެއް ނޫނެވެ.
މަޙުމޫދު މަރާލާފަ އޮއްވައި ފެނިފަވަނީ މިދޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ އޮތީ މަރާލުމަށްފަހު، ފަޅު ގެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީފައިވާ ގިނަ ނިޝާންތައް ހުރިކަމަށް މަންޒަރުދުން މީހުން ބުނެއެވެ. އަދި އިތުރު ތަޙުލީލުތަކަށް މަޙުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އަނބުރާ ރަށަށްގެންގޮސް ހަށިގަނޑު ހުކުރު ދުވަހުގެ ހަވީރުއެވެ.
މަހުމޫދު ފެނުނު ވަޅާއި އަދި އެސަރަހައްދު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މިމައްސަލާގައި އެންމެ ބޮޑު ތުހުމަތު ކުރެވޭ ސާލިމް ހުރީ އދ.މަހިބަދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ކޮމެންޓު ފޮނުވާ