ލެވަކޫސަން ކޮޅަށް 5 ލަޑުޖަހައި ބަޔާން އެއްވަނައަށް

ލެވަކޫސަން ކޮޅަށް 5 ލަޑުޖަހައި ބަޔާން އެއްވަނައަށް

ޖަރުމަނު ލީގުގައި ބަޔާން ލެވަކޫސަން 5-1 ގެ ނަތީޖާއަކުން ބަލިކޮށް ގަދަބާރު ބަޔާން މިއުނިކް ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފަސް ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އަދި އޭގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްފައިވަނީ ހަތް މިނެޓުގެ ތެރޭގައެވެ.

ލެވަކޫސަން ދަނޑުގައި ކުޅުނު މި މެޗުގއި ބަޔާން މިއުނިކްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީ އެވެ. އޭނާ މި ލަނޑު ޖެހީ މެޗު ފަށައިގެން ތިންވަނަ މިނެޓުގައެވެ. އޭގެފަހުން ބަޔާން މިއުނިކްގެ އަނެއް ހަތަރު ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފަހު ހަތް މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ލެވަންޑޮސްކީ ދެވަނަ ލަނޑު ޖެހއިިރު އޭގެ ހަތަރު މިނެޓުފަހުން ލީޑު ފުޅާކޮށްދިނީ ތޯމަސް މުލާ އެވެ.

އޭގެ މިނެޓެއްފަހުން ސާޖް ގްނަބްރީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖެހިއިރު 37 ވަނަ މިނެޓުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީވެސް އޭނާ އެވެ. މެޗުގައި ބަޔާން ލެވަކޫސަންގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިމިދިޔަ ޔޫރޯގައި ޗެކް ރިޕަބްލިކް އަށް މޮޅު ކުޅުމެއް ދެއްކި ޕެޓްރިކް ޝިކްއެވެ.

ލެވަކޫސެން އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ބަޔާން އަލުން ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު އަށް މެޗުން 19 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ޑޯޓްމުންޑަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *