ދެކުނު އިންޑިއާގެ ސިޓީތަކަށް ބޯކޮށް ވާރޭވެރި، ކޯރުތައް ބަންޑުންވެ، ފެންބޮޑުވުމުގެ ސަބަބުން 26 މީހަކު މަރުވެއްޖެ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުއްޖަކު ހިމެނޭއެިރު، އަދިވެސް ބައެއް މީހުން ގެއްލިފައިވާތީ، މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
އަދި މި ވިއްސާރާގައި ކޯރުތަކުގައި ފެންބޮޑު ވުމުގެ ސަބަބުން، ގިނަ އަދަަދެއްގެ ގެތައްވެސް ވެއްޓި، ކޯރުތަކަށް އަރަގުވެގެން ގޮސްފައިވާއިރު، ކޮއްޓަޔަމްއާއި ކެރެލާ ސްޓޭޓްއާއި ދެމުދު ގުޅުން ކެނޑި، ބައެއް މީހުން ތާށިވެފައިވާކަމަށް އިންޑިއާގެ ލޯކަލް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.
މީގެއިތުރުން ބައެއް ވީޑިއޯތަކުން ފެނިފައިވާ ގޮތުގައި، މީހުން ދަތުރުކުރަމުން ދިޔަ ބަހެއް، ފެންބޮޑުވެ ތާށިވެފައި ވަނިކޮށް މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ފަރާތްތަކުންވަނީ ސަލާމަތް ކޮށްފައެވެ.
އިންޑިއާގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ކެރެލާ ސްޓޭޓަށް މެދުނުކެނޑި އެތައް ދުވަހެއްވަންދެން ވާރޭ ވެހުމުގެ ސަބަބުން، ބިންގަޑު ކަޑައިގެންގޮސް ބައެއް މީހުން މަރުވެ އަދި އެތައްބަޔަކުވަނީ ގެދޮރު ނެތިފައެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑިއާގެ އަސްކަރިއްޔާއިންވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އާދީއްތަ ދުވަހު އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި، ބިންގަޑު ކަނޑައިގެންދިޔަ ސަރަހައްދުތަކުގައި ތާށިވެފައިތިބި މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ހެލިކޮޕްޓަރުތައްވެސް ވަނީ ބޭނުން ކުރަން ފަށާފައެވެ.
Indian Air Force medium lift helicopters have been inducted for #floodrelief efforts in districts of #Kerala inundated due to heavy rains.#HarKaamDeshKeNaam pic.twitter.com/ZcwZRKyYZR
— Indian Air Force (@IAF_MCC) October 17, 2021
އިންޑިއާގެ ނިއުސް އޭޖެންސީއެއް ކަމުގައިވާ PTI އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވިއްސާރާގައި ހިގައިދިޔަ އެއް ހާދިސާއެއްގައި ކޮއްޓަޔަމްގެ ކޯރެއްގައި ދެމެމުންދިޔަ ކޯރެއްގެ ފެންގަޑާއެކީ ގެއެއް ޢަރަގުވެގެން ދިއުމުގެ ސަބަބުން އެގޭގައި ދިރިއުޅެމުންދިޔަ އެއް އާއިލާއެއް އެކީވަނީ މަރުވެފައެވެ. މީގެތެރޭގައި އެގޭގައި ދިރިއުޅެމުންދިޔަ 75 އަހަރުގެ އަންހެނަކާއި އަދި އޭނާގެ 3 މާމަ ދަރިންވެސް ހިމެނެއެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓަކީ ވަރަށް އާންމުކޮށް ބޯކޮށް ވާރެވެހި، ކޯރުތަކުގައި ފެންބޮޑުވުމާއި އަދިބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އާންމުކޮށް ހިގާ ސަރަހައްދެކެވެ. އެހެންނަމަވެސް، މި ސިޓީގައި، މިފަދަ ގުދުރަތީ ކާރިސާތަކުން ސިޓީ ސަލާމަތް ކުރަމުންއައި ކުޅިތަކާއި ކޯރުތައްވަނީ މީހުން އާބާދުވުން އިތުރުވެ އައި ތަރައްގީގެ ސަބަބުން ނެތިގެން ގޮސްފައެވެ.
ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ކެރެލާ ސްޓޭޓަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮވުމުގެ ހާދިސާގައި 400 މީހަކު މަރުވެ މިލިއަނެއްހާ މީހުން ގެދަޮރު ނެތިފައި ވެއެވެ.