ނުރައްކާތެރި އެކްސިޑެންޓެއްގައި އައްޑޫގެ ޒުވާނަކު ނިޔާވެއްޖެ

ނުރައްކާތެރި އެކްސިޑެންޓެއްގައި އައްޑޫގެ ޒުވާނަކު ނިޔާވެއްޖެ

Author
ހުސެއިން
18 އޮކްޓޯބަރ 2021 07:24
0

އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓްގައި ޒުވާނާ ނިޔާވެފައިވަނީ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެސަރަހައްދުގައި ހުރި ފާރެއްގައި ޖެހިގެން ކަމަށެވެ. އަދި މި ހާދިސާ ހިނގިއިރު ސައިކަލް ދުއްވަމުން ދިޔައީ ޒުވާނާ އެކަނިކަމަށްވެސް ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ހިތަދޫއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ. އަދި އެކްސިޑެންޓަށްފަހު، ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ ނިޔާވެފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް އައްޑޫ ހޮސްޕިޓަލުން އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.