ސައުދީގެ ހުރިހާ އެއަރޕޯޓުތަކެއް އާންމުކޮށް ހުޅުވާލައިފި

ސައުދީގެ ހުރިހާ އެއަރޕޯޓުތަކެއް އާންމުކޮށް ހުޅުވާލައިފި

Author
ހުސެއިން
17 އޮކްޓޯބަރ 2021 08:26
0

ސައުދީ އަރަބިއާގެ ހުރިހާ އެއަރޕޯޓެއް ފުލް ކެޕޭސިޓީގަ ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (GACA)އިން އާދީއްތަ ދުވަހު ދީފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން މިހާރުވަނީ ކޯވިޑް19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ހުއްދަ ދީފައެވެ.

އިންޓީރިއަރ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްކުން ތަންތަނަށް އެއްވެ އުޅުން ހުުއްދަ ކުރަންފެށުމާއި އަދި މާސްކު އެޅުންވެސް މަޖުބޫރު ކޮށްފައި އޮންނަ އޮތުން ދޫކޮށްލުމަށްވެސް މިހާރުވަނި ހަމަޖެހިފައެވެ.

މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މާތްވެގެންވާ ދެ ހަރަމްގައިވެސް ޖާގައިގެ އެންމެ ފުލް ކެޕޭސިޓީގައި އަޅުކަން ކުރަން ސައުދީ ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މިއީ ކޯވިޑް19 ކާރިސާ ދުނިޔެއަށް އާންމު ވާންފެށި ފަހުންވެސް މި ދެމިސްކިތުގައި ކޮނޑާ ކޮނޑު ޖައްސައިގެން އަޅުކަން ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

ސައުދީގެރަސްމީ ޕްރެސް އޭޖެންސީއިން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ ކުޅިވަރު ކުޅޭތަންތަންވެސް މިހާރުވަނީ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި ހުޅުވާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.