މިވަގުތު ދުނިޔެއަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާއި، ފަޤީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއްދޭންވީ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް ކަމުގައި އދ.ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަޤީރުކަން ނައްތާލާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުވައި އދ.ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުގައި ތިބި 1.3 ބިލިއަން ފަގީރުންނާއި އިންތިހާ ފަގީރުކަމުގައި އުޅޭ 100 މިލިއަން މީހުންގެ ފަގީރުކަން 2030 ގެ ކުރިން ނައްތާލުމަށް ކުރާ މަސައްކަތައް ކޯވިޑް-19 ގެ ބަލިމަޑުކަމާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެކަމަށެވެ.
ފަގީރުކަން ނައްތާލުމަށް މިހާތަނަށް ކުރެވުނު މަސައްކަތް ދަމަހައްޓައި، ކޯވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން އިތުރަށް މަސައްކަތްކުރަން ޖެހޭ.
– އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވިއެވެ.
We need collective action to ensure that years of progress achieved in poverty reduction are not erased.
My message on Int’l Day for the Eradication of Poverty ???? pic.twitter.com/3BXOsnP8G8
— UN GA President (@UN_PGA) October 17, 2021
ތައުލީމާއި ސައިންސް އަދި އިގްތިސާދުގެ ފަދަ ވަޒީފާގެ ފުރުސަތުތަށް ހިމެނޭ އަދި އެކަމުގައި ފަޚުރާއި ގަދަރު ހިމެނޭ ދާއިރާތަކުގެ މިންގަޑުތަކާއި ފުރުސަތުތަށް ފަހިކޮށް، ފަގީރުކަން ނައްތާލުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ އިތުރު މަސައްކަތްކުރުމުގައި ދެމިތިބެންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފަގީރުކަމާއި ދެކޮޅަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތަށް ބޭނުން ވަނީ ގައުމުތަކުން ކޯވިޑް-19 ގެ ފަހުން ތަފާތު އިގްތިސާދަކަށް ތައްޔާރުވެ، އައު ވިޔަފާރިއާއި ދާއިރާތަކަށް ފައިސާއާއި މަސައްކަތްތެރިންނާއި ހުނަރާއި އައު ކަންކަން ފަހިކޮށްދިނުން ކަމުގައިވެސް އދ.ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ފަގީރުކަން ނައްތާލުމާ ގުޅޭ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރާއިރު، ސާބިތުވާންވީ ސާފު، ފެހި އަދި ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެއަށް ދިމާވެފައި ހީނަރުކަމުން އަރައިގަތުމަށާއި އެންމެ ނާޒުކު ހާލަތުގައި ތިބި ރައްޔިތުނަށް އެހީވުމަށް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.