ނާހިދާގެ ޖަނާޒާ ބާއްވައިފި

ނާހިދާގެ ޖަނާޒާ ބާއްވައިފި

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 04:29
0

އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ޖަނާޒާ ވާއްވައިފިއެވެ.

މިއަދު އަޞްރު ނަމާދަށް ފަހު މަސްޖިދުއް ތަޢާވުން، އާސަހަރާގައި ބޭއްވި މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޖަނާޒާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ކަނޑުމަތީގެ ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު ހަށިގަނޑު މާލެ ގެނެސްފައިވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު 7:30 ހާއިރުގައެވެ. ފުލުހުން ވިދާޅުވީ ޙާދިސާއަށްފަހު ނާހިދާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދު ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.

މަރިޔަމް ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ ކަނޑަށް ގެއްލިފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އެމްއެންޑިއެފުން ވިދާޅުވީ އެކުޑަކުއްޖާ ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 10 އަކަ ކިލޯ މީޓަރުގެ ސަރަޙައްދެއް ބަލާފައިވާކަަމަށެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނާހިދާއާއި އޭނާގެ 2 ކުދިންނެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.