ނާހިދާގެ ޖަނާޒާ އަސުރުނަމާދަށް ފަހު

ނާހިދާގެ ޖަނާޒާ އަސުރުނަމާދަށް ފަހު

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 11:59
0

އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ކަނޑުމަތީގެ ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު ހަށިގަނޑު މާލެ ގެނެސްފައިވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު 7:30 ހާއިރުގައެވެ. ފުލުހުން ވިދާޅުވީ ޙާދިސާއަށްފަހު ނާހިދާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދު ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.

މަރިޔަމް ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ ކަނޑަށް ގެއްލިފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އެމްއެންޑިއެފުން ވިދާޅުވީ އެކުޑަކުއްޖާ ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 10 އަކަ ކިލޯ މީޓަރުގެ ސަރަޙައްދެއް ބަލާފައިވާކަަމަށެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނާހިދާއާއި އޭނާގެ 2 ކުދިންނެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.