މަހުމޫދު މަރު: ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

މަހުމޫދު މަރު: ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 10:28
0

ދަނގެތީގައި މަރާލާފައި އޮތްވާ ފެނުނު މަޙުމޫދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ހައްޔަރު ކުރި ބިދޭސީ މީހަކީ ދަނގެތީގައި މަސައްކަތް ކުރަމުންދާ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީވެސް ކޯޓު އަމުރެއްގެ ދަށުންނެވެ. މިމީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ބިދޭސީ މީހާއަށް ޝައްކުކުރެވެނީ ކޮން ގޮތަކުންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިހަމަލާއާ ގުޅިގެން ފުލުހުންގެ ތަޙްޤީގު ޓީމުން އަދިވެސް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

މަޙުމޫދު މަރާލާފަ އޮއްވާ ފެނިފަވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ އޮތީ މަރާލުމަށްފަހު، ފަޅު ގެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ޙަމަލާދީފައިވާ ގިނަ ނިޝާންތައް ހުރިކަމަށް މަންޒަރުދުން ފަރާތްތަކުން ބުނެއެވެ. އަދި އިތުރު ތަޙުލީލުތަކަށް މަޙުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އަނބުރާ ރަށަށް ގެންގޮސް ހަށިގަނޑު ހުކުރު ދުވަހުގެ ހަވީރުއެވެ.

މަޙުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ޝައްކުކުރި 3 މީހަކު ފުލުހުންނާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް ފަހުން މި ތިން މީހުންވަނީ ފުލުހުންގެ ބެލުމުގެ ދަށުން ރަށުން ބާލާ، މަހިބަދުއަށް ގެންގޮސްފައެވެ. މިއިން އެއްވެސް މީހަކު މިކަމުގައި ޝާމިލްވަކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަޙުމޫދުގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ ބުދަދުވަހުގެ ރެއެވެ. އެހެންކަމުން ބެލެވެނީ އޭނާއަށް ޙަމަލާދީ މަރާލާފައިވަނީ އެރޭގެ ދަންވަރުގެ ވަގުތެއްގަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.