ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 07:47
0

ގދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މުވައްޒިފަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓް" ގައި މަސައްކުރާ 34 އަހަރުގެ ބިދޭސީ ފިރިހެއް ނޭވާލާން އުދަނގޫވާތީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެނައި އިރު ނިޔާވެފައިވާކަމުގެ މައުލޫމާތެއް މިއަދު 10.15 ހާއިރު ލިބިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އޭނާގެ މަރާއި ގުޅިގެން ރިސޯޓުންވެސް އަދި ފުލުހުންވެސް އިތުރު މައުލޫމާތެއް ދީފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.