ވ. ފުލިދޫ އިން މާފުއްޓަށް ދަތުރުކުމުންދިޔަ ލޯންޗެއް އަޑިއަށް ގޮސް، ލޯންޗުގައި ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފް.އިން ދާދި ދެންމެއަކު ކުރި ޓީވީޓެއްގައި ބުނެފައިވަނީ، އޮޅުވެލި ރިސޯޓް ކައިރިން ކަނޑުމަތީގައި ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު 17:10 ހާއިރު ކަމަށްވެސް ޓުވީޓުގައި ބުނެފައި ވެއެވެ.
ވ. ފުލިދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލު ކުއްޖާއަކީ ވ. ފުލިދޫ ކުއްޖެކެވެ. މިހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މި ލޯންޗު އޮޅުވެލި ރިސޯޓު ކައިރިން އަޑިޔަށް ގޮސްފައިވަނީ ހަވީރު 5:30 ހާއިރު ކަމަށެވެ. އަދި ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުން ދެމީހަކު ގެނިފައިވާއިރު، ކުޑަ ގެއްލިފައިވާ ކުޑަކުއްޖާ އަދިވެސް ފެނިފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗުގައި 12 މީހަކު ދަތުރު ކޮށްފައިވާއިރު، މީގެތެރޭގައި ތިބި ދެ ކުޑަކުދިންނެވެ. މި ދެކުދިންގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ 4 އަހަރުގެ އަންހެން ކުއްޖަކު ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
އަޑިއަށްދިޔަ ލޯންޗު މިހާރުވަނި ކައިރީގަ އޮތް ފަޅަށް ވައްދާފައެވެ. އަދި ފުލުހުން އަިވެސް ދަނީ މިސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.