މަހުމޫދުގެ މަރު: ސަމާލުކަން އިނގިރޭސި މެމްބަރުގެ މަރަށް

މަހުމޫދުގެ މަރު: ސަމާލުކަން އިނގިރޭސި މެމްބަރުގެ މަރަށް

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 12:36
0

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އދ.ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރަށް މިއަށް މިވަނީ 3 ދުވަސް ވެފައެވެ.

މަރާއި ގުޅިގެން ދައުލަތުގެ ތަހުގީގީ މައި އިދާރާ ފުލުހުންގެ މުވައްސަސާއިން ގެންދަނީ އެބޭފުޅުންގެ ޤާނޫނީ ޒިންމާ އަދާކުރަމުންނެވެ. ނަމަވެސް މަރަށް 3 ދުވަސް ވެފައިވާއިރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދައުލަތުގެ ކަމާއި ގުޅުންހުރި އެއްވެސް ވެރިއެއްގެ ފަރާތުން މިމަރާއި ގުޅިގެން އެއްވެސް ބަހެއް އަޑު ނީވުމެވެ.

މީގެކުރިން މިފަދަ އަނިޔާވެރި ގޮތަކަށް ހިނގާ މަރުތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި، ސީޕީ ހަމީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ބައެއް އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މިފަދަ އަމަލުތައް ކުށްވެރިކޮށް، މިކަންކަމުގެ އިންސާފު ގާއިމް ކޮށްދެއްވާނެކަމަށް ގެންދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް މިފަހަރު މިމަރަށް 3 ދުވަސް ވެގެންދާއިރުވެސް ކަމާއިބެހޭ އެއްވެސް ބޭފުޅެއްގެ ހިލަމެއް ނެތެވެ.

މިމަރާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށްވެސް ބޮޑު ސިހުމެއް ލިބިފައިވާއިރު، ވެރިންގެ ސަމާލުކަމަށް އެއީ މުޅިން އެހެން މަރެކެވެ. އިނގިރޭސި ވިލާތުގެ މަޖިލިސް މެމްބަރަކަށް ވަޅިން ހަމަލާދީ މަރާލުމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ވެރިން ގެންދަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށް، އެއާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މަހުމޫދުގެ އާއިލާއަށް ވެރިންގެ ފަރާތުން ތައުޒިޔާ ވިދާޅުވެ، ހިތްވަރު ދިނުމުގެ މެސެޖެއްވެސް ފެނިފައިނުވެއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި އިއްޔެ ފެނުނު އދ.ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފައިވަނީ އިއްޔެ އަސްރު ނަމާދަށްފަހުއެވެ. މި މަރުގެ ތަޙުޤީޤާގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްވެސް ނުވެއެވެ.

ނަމަވެސް މަޙުމޫދު މަރާލިކަމަށް، ރަށުގެ ރައްޔިތުން ޝައްކުކުރާ 3 މީހަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 2 ފިރިހެނުންނާ އަންހެނެކެވެ. މި 3 މީހުން އަދިވެސް ތިބީ ދަނގެތީ ފުލުހުންގެ ބެލުމުގެދަށުގައެވެ. ފުލުހުން ގެންދަނީ މިހާރުވެސް ޝައްކު ކުރެވޭ ބިދޭސީއެއް ދިރިއުޅޭ ގެއް ބަލާ ފާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kkkk
goiy kudaee mi baigandu