ކަންދަހާރުގެ މިސްކިތަށް ދިން ޖާޏުން ފިދާވުމުގެ ހަމަލާގެ ޒިންމާ އައިސިސްއިން އުފުލައިފި

ކަންދަހާރުގެ މިސްކިތަށް ދިން ޖާޏުން ފިދާވުމުގެ ހަމަލާގެ ޒިންމާ އައިސިސްއިން އުފުލައިފި

Author
ހުސެއިން
16 އޮކްޓޯބަރ 2021 06:59
0

އަފްއާނިސްތާނިގެ ދެކުނުގައި އޮންނަ ކަންދަހާރުގެ ޝިޢަޢީންގެ މިސްކިތަކަށް ޖާޏުން ފިދާވެގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލައިފިއެވެ.

އައިސިސް ޖަމާއަތުން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ، އެޖަމާއަތުން އަމަޤް ނިއުސް އޭޖެންސީން ހުކުރު ދުވަހު އާންމު ކުރި ބަޔާނެއްގައެވެ.

މިބަޔާނުގައި ބުނެފައިވާ ގޮތުން، އައިސްގެ ފިދާއީން މިސްކިތަށް އެތެރެވެފައިވަނީ، މިސްކިތުގެ ގާޑުންގެ ގޮތުގައި ތިބި ދެމީހުންނަށް ބަޑިން ހަމަލާދީ މަރާލުމަށްފަހުގައެވެ. އަދި އަދި އައިސިސް ޖަމާއަތުގެ ދެހަގުރާމަވެރިއަކު އަމިއްލަ ހަށިގަޑު ގޮއްވާލާފަވަނީ، މިސްކިތުގައި ނަމާދު ކުރަންތިބި ދެޖަމާއަތެއްގެ ދެމެދުގައި ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ ހަގުރާމަވެރި ޖަމާއަތްތަކުން އަފްއާނިސްތާނުގެ މިސްކިތްތަކުގެ ކުރެވުނު ހުކުރު ނަމާދަށް އަމާޒުކޮށް ޖެހިޖެހިގެން ހަމަލާ ދިން ދެވަނަ ހަފްތާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.