ކޮރަޕްޝަން ދިފާއުކުރި މީހުންނަށް ވަޒީފާދޭތީ އެމްޑީޕީ މެމްބަރުން ކަންބޮޑުވޭ: ސިފާ

ކޮރަޕްޝަން ދިފާއުކުރި މީހުންނަށް ވަޒީފާދޭތީ އެމްޑީޕީ މެމްބަރުން ކަންބޮޑުވޭ: ސިފާ

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2021 02:18
0

ކުރީގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނާއި ތަފާތު އެކި ޖަރީމާތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެކި ގޮތްގޮތުން އެކަންކަން ދިފާއުކުރި މީހުންނަށް ސިޔާސީ މަޤާމުތައް ދޭތީ އެމްޑީޕީގެ އާންމު މެމްބަރުން ތިވީ ވަރަށް ބޮޑަށް ކަންބޮޑު ވެފައިކަމަށް އެޕާޓީގެ މާލެ ސިޓީގެ ރައީސް ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިފަދަ ގޮތަށް ވިދާޅުވީ، ކުރީ ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިސަރުކާރުގައިވެސް މަޤާމުތައް ދެމުންދާތީ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ވެރިކަން ހޯދުމަށް އެންމެ ބޮޑަށް މަަސައްކަތް ކުރި އެމްޑީޕީގެ ގްރާސްރޫޓުގެ އެންމެ އިސް ބޭފުޅުންގެ ތެެރޭގައި ހިމެނޭ މީހުންނަށް މިއަދުވެސް ވަޒީފާ ނުލި އޮތްކަމީ އެޕާޓީގެ ބައެއް އިސް ބޭފުޅުންގެވެސް ކަންބޮޑުވުމެކެވެ.

ސިފާ ވިދާޅުވީ އެމްޑީޕީން އެންމެ ބޮޑަށް ވާކަލާތުކުރި ކުރީ ސަރުކާރުގެ ކޮރަޕްޝަނާއި އެއްކޮޅަށް އެންމެ ގަދަޔަށް ވަކާލާތު ކުރީ މީހުންނަށް ސަރުކާރުގެ ސިޔާސީ މަޤާމުތައް ދޭކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ތައުލީމީ ގޮތުން އެއްވެސް ކަމެއްނެތް، ތަޖުރިބާއެއް ނެތް މީހުންނަށް ސިޔާސީ މަގާމުތައް ދެމުންދާކަމީ އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުހަނު ބޮޑު ކަންބޮޑު ވުމެއްކަމަށް ސިފާ ވިދާޅުވިއެވެ.

ތައުލީމާއި ތަޖުރިބާ ނެތް އެތައް ބައިވަރު ސިޔާސީ މަޤާމުތަކަށް އަމުދުން ކުރީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ދިފާއު ކުރަން ވަކާލާތު ކުރި ފަރާތްތަކަށް ދޭތީ އެމްޑީޕީގެ ގްރާސްރޫޓް މީހުންގެ ކަންބޮޑުވުން އެބައޮތް.

– ސިފާ ވިދާޅުވިއެވެ.

ސިފާ މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ދާދި ފަހުން ވަނީ ކުރީ ސަރުކާރުގައިވެސް އެންސީއޭގައި ކޯޑިނޭޓަރަކަށް ހުރި ފިލްމީ ތަރި މުއާޒުއަށް އަނެއްކާ މިސަރުކާރުންވެސް ސިޔާސީ މަޤާމެއް ދީފައެވެ.

ފިލްމީ ތަރި މުއާ އެންސީއޭގެ ސިޔާސީ މަޤާމަކަށް

އެމްޑީޕީގެ ގްރާސްރޫޓުގައި މިވެރިކަން ގެނައުމަށް ނުހަނު ބޮޑެތި މަސައްކަތްކުރެއްވި ބޭފުޅުންނާއި، ޒުވާނުންނަށް ވަޒީފާ ނުލިބި އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އެމްޑީޕީން މިކަމަށް އިޖާބަ ނުދޭކަމީ ކުރިއަށް އޮތް ތަނުގައި ސިޔާސީ ކާމިޔާބު ހޯދުމަށް ދިމާވާނެ ހުރަސްތަކެއްކަމަށް އެޕާޓީގެ އިސްބޭފުޅުން މީގެ ކުރިންވެސް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮހޮމަދޭ
ލާދީނީ އެމްޑީޕީއަކީ ކޮރަޕްޝަންއަކީ އޮންނަ އެއްޗެއްކަންވެސް ނުދަންނަ ހުދު ކާފޫރުކޮޅެއްފަދަ ސާފު ބައެއް. ލާދީނީ އެމްޑީޕީގަ ތިބޭނީ މިދުނިޔެމަތީގެ ބައެއްވެސްނޫން. އެއީ މާ މަތިވެރިވެގެންވާ ތަނަކުން ފައިބާފައިވާ އިޚްލާސްތެރި، އޯގާތެރި، ކަރާމާތްތެރި، އިއްޒަތްތެރި، އަދުލުވެރި، އިންސާފުވެރި ބައެއް. އެމީހުން ވައްކަމެއް ނުކުރާނެ. ކޮރަޕްޝަނެއް ނުހިންގާނެ. އަދި އެމީހުން އެއްގޮތަކަށްވެސް އިއްޒަތްތެރި ޖޫހެއް ނުބޯނެ.