އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލުމަށް ގޮވާލާ އަޑު ގަދަވަނީ

އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލުމަށް ގޮވާލާ އަޑު ގަދަވަނީ

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2021 11:10
0

އަންހެން ކުދިންނަށް ތައުލީމު އުނގެނޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލާ އަޑު އަފްޣާނިސްތާނުގައި ގަދަވާން ފަށައިފިއެވެ.

3 ޕްރޮވިންސެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އަންހެން ކުދިންނަށް ސްކޫލްތައް ބަންދެވެ. ގިނަ އަދަދެއްގެ ޓީޗަރުންނާއި އަންހެން ދަރިވަރުންވެސް ސްކޫލްތަކަށް އަލުން ދާން ބޭނުންވިނަމަވެސް، ތާލިބާނުން ގެންދަނީ އެކަމަށް ހުރަސް އަޅަމުންނެވެ.

ބައިނަލްއަޤްވާމީ ގާނޫނުތަކާ އެއްގޮތަށް އަންހެން ކުދިންނަށްވެސް ތައުލީމުގެ ފުރުސަތު ހޯދައިދޭނެކަމަށް ތާލިވާނުން ވެފައިވާ ވައުދާއި ޚިލާފުވަމުން އަންނާތީ ބައިނަލްއަގްވާމީ މުޖްތަމައުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ތާލިބާނުން ވައުދާ ޚިލާފުވަމުން އަންނާތީ ކަންބޮޑުވެ ވެޑައިގަންނަވާކަން ހާމަކުރައްވާ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށް ތާލިބާނުންނަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.