ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ، ސަމާލުވޭ

ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ، ސަމާލުވޭ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2021 09:03
0

ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަޙައްދުގައި ވައި ގަދަވެ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާ ގުޅިގެން، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ. އެގޮތުން ހަފްތާގެ ހޮނިހިރު ދުވަހާ ހަމައަށް އުތުރާ މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އާއްމުކޮށް 10މޭލާއި 23މޭލާއި ދެމެދުގައި ވައި ޖެހޭނެކަމަށް ލަފާކުރި ނަމަވެސް، ވިލާގަނޑުގައި 20 މޭލާއި، 40 މޭލާއި ދެމެދުގެ ބާރުމިނުގަ ވައިޖެހޭނެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި، އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން އުޅޭނީ 4ފޫޓާ 7ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ނިކުންނައިރު މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާ، ރައްކާތެރިކަމުގެ ފިޔަޅުތަކާއެކު ދަތުރަށް ނިކުތުމަށްވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.