ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ފިރިހެނަކަށް ޖިންސީ ގުނަވަން ދައްކާފައިނުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާލުވެއްޖެއެވެ.
ނާޒިލް މި ޔަޤީންކަން ދެއްވީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ގުނަވަން މަޖިލިސް ތެރޭގައި ދެއްކިކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނާޒިލް ވިދާޅުވީ، އެނާގެ ޖިންސީ ގުނަވަން ދެއްކި ވާހަކަ ފާއިތުވި ހަފްތާގާއި ވަރަށް ބޮޑަށް ދެކެވިފައިވާކަމަށެވެ. ނަމަވެސް ދުވަހަކުވެސް މަޖިލީހުގެ ފިރިހެނަކަށް ޖިންސީ ގުނަވަން ދައްކާފައިނުވާނެކަމަށާއި، އެ ޔަޤީންކަން ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކަން ދެއްވާކަމަށެވެ.
ނިމިދިޔަ ހަފްތާ ނިމިގެން އާއިރު އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުކޮށް ދެކެވެމުން އައި. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގަ މި ތިބި މެންބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށްވެސްފެނިފަ ނޯންނާނެކަން. އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް އަރުވަން.
– އިބްރާހީމް ނާޒިލް
ނާޒިލް ވަނީ މެންބަރު އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތްކުރި ވާހަކަވެސް ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ދުވަހަކުވެސް މީހެއްގެ މުދަލަށާއި ޖިސްމަށް އަނިޔާދީ މީހުން މެރުމަށް ހިތްވަރުދީ އެފަދަ ކަންކަމުގައި ދުވަހަކުވެސް އުޅެފައި ނުވާނެކަމަށެވެ.

ނާޒިލް މިހެން ވިދާޅުވެފައިވާއިރު، އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައި ވަނީ ނާޒިލްކަމަށް އަސްލަމްގެ އަނބިކަނބަކުންގެ އާއިލީ ބައެއް މެންބަރުން ތުހުމަތުކޮށްފައިވެއެވެ. ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލު ކައިރީގައި ހުންނަ އެ ގޭގައި ރޯކޮށްލަން ގޭގެ ދޮރުމައްޗަށް ތެޔޮ އަޅާފައި ހުރި ކަމަށާއި އެކަމަކު އައްޑުއަށް ރެއަކީ މޫސުން ގޯސް އަދި ކޮންމެވެސް ވަރަަކަށް ވާރޭ ވެސް ވެހުނު ރެއަކަށް ވާތީ އެކަން ކާމިޔާބު ނުވީކަމަށް އެފަރާތްތަކުން ބުނެއެވެ.
ނިމިދިޔަ އެމްޑީޕީގެ ދާއިރާ އިންތިޚާބުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން، މެމްބަރު ނާޒިލްއާއި، އަސްލަމްގެ މެދުގައި މަޖިލިސް ތެރޭގައި ކުރެވިދިޔަ ބަހުސްއެއްގައި ނާޒިލްވަނީ އޭނާގެ ކުރި މަތި ފަރާތަށް އިޝާރާތް ކުރެއްވުމަށްފަހު ނާޒިލް ވަނީ މިތަން ވީޑިއޯ ކޮށްބަލާށޭ ވިދާޅުވެފައިކަމަށް އަޑުފެތުރިފައިވެއެވެ. އެމްޑީޕީ އެތެރޭގެ ތިންތިހާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯއެއް އާއްމުވެފައިވެއެވެ. މެންބަރު ނާޒިލް ތުހުމަތު ކޮށްފައި ވަނީ އެ ވީޑިއޯ ކުރީ މެންބަރު އަސްލަމް ކަމަށެވެ.
މި މައްސަލަ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހެޅި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް މައުލޫމަތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ