އެމްއެންޕީން ރައްޔިތުންގެ އިތުބާރު ދަމަހައްޓާނީ، ނަތީޖާ ދައްކައިގެން: އުޝާމް

އެމްއެންޕީން ރައްޔިތުންގެ އިތުބާރު ދަމަހައްޓާނީ، ނަތީޖާ ދައްކައިގެން: އުޝާމް

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2021 09:33
0

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވުޖޫދު ކުރުމަށް މަސައްކަތް ކުރާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ އިތުބާރު ދަމަހައްޓާނީ، ނަތީޖާ ދައްކައިގެން ކަމުގައި އެޕާޓީގެ މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ އެމްއެންޕީ އުފެއްދުމަށް މިވީ ދެމަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތަކީ ވަރަށް ކާމިޔާބު އަދި އަދި ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކެއް ލިބިގެންދިޔަ ދުވަސްތަކެއް ކަމުގައެވެ. ރައްޔިތުންގެ ބޮޑު އުންމީދެއް އެމްއެންޕީއާއި ގުޅިފައިވާއިރު، އެޕާޓީގެ އަޒުމަކަށްވާނީ، ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުންކަމަށާއި، އެކަން ކުރާނީ ނަތީޖާއިން އެކަން ދައްކައިގެންކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ޤައުމުގެ ހާލަތު ބަދަލު ކުރެވޭނީ އަމިއްލަ އަދުމާއި، ވަކި މީހެއްގެ ވަށައިގެން އެބުރޭ ސިޔާސީ ފިކުރުތަކުން ޤައުމު ސަލާމަތް ކޮށްގެންކަމަށެވެ. މިއަދު ސިޔާސީ މައިދާނުން ފެންނަމުންދަނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީތައް ކަމަށާއި، ނަމަވެސް އެމްއެންޕީއަކީ އެފަދަ ސިޔާސީ ޕާޓީއަކަށް ނުވާނެކަމަށެވެ.

އުޝާމް ވިދާޅުވީ އެންމެ ދެމަސް ދުވަހުގެ ތެރޭގައި ޕާޓީ އުފެއްދުމަށް ރައްޔިތުން ދެއްވި އިތުބާރަކީ ޕާޓީއަށް ލިބިގެންދިޔަ އެންމެ ބޮޑު އުންމީދު ކަމަށެވެ. މިހާތަނަށް އެންމެ ކުރު މުއްދަތެއްގައި އުފެއްދި ޕާޓީއަށްވެސް އެމްއެންޕީ ވުމަކީ ޕާޓީއާއިމެދު ރައްޔިތުން ކުރާ އުންމީދު ހާމަވެގެންދާ ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެޕާޓީން މަސައްކަތް ކުރާނީ ރައްޔިތުންގެ އުންމީދުތައް ދެނެގަނެ އެކަން ނަތީޖާއިން ހާސިލް ކުރުމަށް ކަމަށެވެ. އެކަން ކުރެވޭނެ ގާބިލްކަމާއި، ހަރުދަނާ ބޭފުޅުން އެމްއެންޕީގައި ތިއްބެވިކަމަށް އުޝާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

Tiyabunaagotah kantah kuraaneekihineh furathama kuree baQaavaah qaasimumembarukamah hovaidhineemai jehee kolhufain mivaruneygey meehun varah madhuvaane