ރ.ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއިއެކު ކުރިއަށްދާ ކަމުމުގައި މިމަސައްކަތް ކުރާ އެމްޓީސީސީން ހާމަކޮށްފިއެވެެ.
އެމްޓީސީން ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގަ ދިރިއުޅޭ ރައްޔިތުންނާއި، ކްލައިންޓާއި ސްޓޭކްހޯލްޑަރސްގެ އެއްބާރުލުމާއެގައިކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 14 މަގެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވަން ހަމަޖެހިފައެވެ.
މިމަޝްރޫޢުގެ ދަށުން އެރަށުގައި ފަންސަވީސް ހާސް ފަސްސަތޭކަ ތޭރަ (25513) ކިލޯ މީޓަރު މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޭމަންޓްގެ ގޮތުގައި ހަހާސް އަށްސަތޭކަ ތޭރަ (6813) ކިލޯމީޓަރު ހަދާގޮތަށް ހަމަޖެހިފައި ވެއެވެ. ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސަކައްތުގެ ތެރެއިން މަގު ބައްތި ޖެހުން ފަދަ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން 47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ދުވާފަރު މަގުހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019 ގައެވެ.
ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢުގައި އެރަށު ރައްޔިތުންގެ ފަރާތުންދަނީ ބޮޑު އެއްބާރުލުމެއް ލިބެމުންނެވެ.