އދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ދަޢުލަތުގެ އިސް ބައެއް ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދުވަނީ ރައީސުލްޖުމްރީއްޔާގެ އިތުރުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އަރިހަށް އިޚުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދުއާއި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒްވެސް ބައިވެރިވަޑައިގެންނެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން އަބްދުﷲ ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲއާވެސް ބައްދަލުކުރައްވާފައެވެ.
Thank you @UN_PGA Excellency @abdulla_shahid for visiting @MoDmv & @MNDF_Official We look forward to our Forces being part of the #UNPeaceKeepers in your presidency. Your quest to pursue HEP @ibusolih’s policy on gender equality on the intl front is commendable #Respect ? https://t.co/o6CJln7kYA
— Mariya Didi ? (@MariyaDidi) October 6, 2021
ރައްޔިތުންގެ މަޖިލީހުގެ ޢިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަޖލިހުގެ މެޖޯރިޓީ ލީޑަރާއި ކޮމިޓީތަކުގެ މުޤައްރިރުން ބައިވެރިވެވަޑައިގެންނެވިއެވެ. މަޖިލީހަށް ކުރެއްވި ޒިޔާރަތުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ މަޖިލިސް މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާ އެތަނުގައި ޔޫއެންޖީއޭގެ ރައީސް ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް، ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން pic.twitter.com/uQGwRyCrFr
— People's Majlis (@mvpeoplesmajlis) October 6, 2021
މީގެ އިތުރުން އަބްދުﷲ ޝާހިދު ވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލްއާ ސިފައިންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ގައުމު ކަމުގައެވެ.
ކޮމެންޓު ފޮނުވާ