އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ވަޢުދުފުޅުގައިި ހިމެނޭ ޒުވާން ޑިޕްލޮމޭޓުން އުފެއްދުމުގެ ޕްރޮގްރާމް އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.
އެންމެ ކުޑަކޮށް ތަރައްްީވެފައިވާ ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޒުވާން ޑިޕްލޮމޭޓުން އުދެއްދުމަކީ އުއްމީދީ ރިޔާސަތުގެ ދަށުން އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ވަޢުދުފުޅެކެވެ. އެގޮތުން އެ މަސައްކަތްޕުޅު އަންނަ މަހު ފައްޓަވާނެކަން ޝާހިދު ހާމަކުރައްވާފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފަހު އިސްކަންދަރު ސްކޫލްގައި ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސަތުގައި ޒުވާންނަށް ފުރުޞަތުތައް ފަހިކޮށްދީ ޒުވާނުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. އެ މަސައްކަތްޕުޅުގެ ދަށުން ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބުލީ ޔޫތު ފެލޯޝިޕްގެ މަސައްކަތް މިހާރ ފައްޓަވާފައިވާކަމަށް ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގެ ބޭހުނަކީ، މީގެ ބޭނުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ ތެރެއިން ގައުމުތަކުގެ ޒުވާން ޑިޕްލޮމެޓުންނަށް ފުރުސަތު ހޯދައިދިނުންކަމަށާއި، އާންމު މަޖިލިސް ހިނގާގޮތް ދަސްކުރުމަށް އެކުދިން އެމަނިކުފާނާއެކު އެއް އަހަރު ހޭދަކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތްޕުޅުގެ ދަށުން ފުރަތަމަ ބެޗް ނުވަތަ ފެލޯސް ނިއުޔޯކަށް ގެންދަވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޢާންމު މަޖިލީހުގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭޣެ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.
ޝާހިދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައި ހިމެނޭ 5 ދޯދި ފެށިފައިވަނީ ދިވެހިރާއްޖެއިން ކަމަށާއި، އެއީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކަށްދޭ ނަލަ ރީތި އަލީގެ ތެރެއިން އދ.ގެ މަޖިލީހަށް ގެންގޮސްދޭ ދިވެހިންގެ 5 ދޯދިކަމަށެވެ. އަދި އެ 5 ދޯދީގެ ތެރޭގައި ރައީސް ޞާލީހް އެދިވަޑައިގެންނެވި ހުރިހާކަމެއް ހިމެނޭކަމަށް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.