ދުވާފަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ދުވާފަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ގުޅުންހުރި

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ %37 ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ދުވާފަރުގައި ބިން ހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫޢު ނިމި މިހާރު ކުރިއަށްދަނީ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަސައްކަތެވެ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢޫ އެމްޓީސީސީން ނިންމާލާފައިވަނީ ޖޫން މަހުގެ 14ގައެވެ.

ދުވާފަރުގެ ބިންހިއްކުމުގެ މަސައްކަތް ކުރި އެމްޓީސީސީން ބުނެފައިވަނީ، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތްކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުން ވަނީ 22.2 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށްވަނީ ހަމަޖެހިފައެވެ.

ދުވާފަރު ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 27ވަނަ ދުވަހުއެވެ. މި މަޝްރޫއުއަކީ 143.11 މިލިޔން ރުފިޔާގެ މަޝްރުއުއެކެވެ.

ރ.ދުވާފަރަކީ 2004ވަނަ އަހަރުގެ ޑިސެމްބަރުމަހު ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެން ރ.ކަނދޮޅުދޫގެ ބޮޑުބައެއް ގިރުމާ ގުޅިގެން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރަސެންޓް(އައި.އެފް.އާރް.ސީ) އާއި ދިވެހި ސަރުކާރުން ގުޅިގެން ތަރައްޤީކޮށްފައިވާ ދުވާފަރަށް، ރ.ކަނދޮޅުދޫ މީހުން ބަދަލުކޮށްފައިވަނީ 2008ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ދުވާފަރުގެ މިހާރުގެ އާބާދީ 2900 އަށްވުރެ އިތުރެވެ. އާބާދީ އިތުރުވެ ދުވާފަރުގެ ބިންވަނީ މުޅިން ފުރިފައެވެ. ދުވާފަރަށް ބިން އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމެވެ.

ރ.ދުވާފަރުގައި ކުރިއަށްގެންދިއުމަށް މިއަހަރަށް 7 މަޝްރޫޢުއެއް ރާވާފައިވެއެވެ. އެއީ ޖުމްލަ 53 މިލިއަން ރުފިޔާގެ މަސައްކަތްކަތެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ