މެމްބަރު އަސްލަމްގެ ގޭގައި ރޯކޮށްލަން މަސައްކަތްކޮށްފި

މެމްބަރު އަސްލަމްގެ ގޭގައި ރޯކޮށްލަން މަސައްކަތްކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2021 11:18
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވި ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތްކޮށްފިއެވެ.

އަސްލަމްގެ އަނބިކަނބަލުން ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ގޭގެ ދޮރަށް ތެޔޮ އެޅުމަށް ފަހު އަލިފާން ރޯކޮށްލި ނަމަވެސް އެވަގުތު ވާރޭ ވެހެމުން ދިއުމުގެ ސަބަބުން އަލިފާންގަނޑު ބޮޑަށް ރޯނުވެ ވަނީ ނިވިފައެވެ.

ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލު ކައިރީގައި ހުންނަ އެ ގޭގައި ރޯކޮށްލަން ގޭގެ ދޮރުމައްޗަށް ތެޔޮ އަޅާފައި ހުރި ކަމަށެވެ. އެކަމަކު އައްޑުއަށް ރެއަކީ މޫސުން ގޯސް އަދި ކޮންމެވެސް ވަރަަކަށް ވާރޭ ވެސް ވެހުނު ރެއަކަށް ވާތީ އެކަން ކާމިޔާބު ނުވީއެވެ.

މެންބަރު އަސްލަމްގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައި މިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މެންބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އަސްލަމާއި ނާޒިލާއި ދެބޭފުޅުންނަކީ ވެސް ހިތަދުއަށް ނިސްބަތްވާ ދެބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.