ރާއްޖެއިން އިތުރު 91 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 91 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 10:00
0

ރާއްޖެއިން އިތުރު 91 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގައިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 91 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި، 30 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 53 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 7 މީހުންނާއި، ލިވަބޯޑުން ޕޮޒިޓިވްވި މީހެކެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 85،198 އަށް އަރާފައެވެ. ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދާ 1،379 މީހުންގެ ތެރެއިން 15 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 189 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 83،574 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 3،805 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 232 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.