މެމްބަރު ނާާޒިލް، އަސްލަމަށް ޖިންސީ ފުރައްސާކުރި މައްސަލައެއް

މެމްބަރު ނާާޒިލް، އަސްލަމަށް ޖިންސީ ފުރައްސާކުރި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 06:45
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލައެއް ބެލުމަށް ހުށަހަޅައިފިއެވެ.

ނިމިދިޔަ އެމްޑީޕީގެ ދާއިރާ އިންތިޚާބުގައި އުފެދުނު ކިޔާލު ތަފާތުވުންތަކާއި ގުޅިގެން، މެމްބަރު ނާޒިލްއާއި، އަސްލަމްގެ މެދުގައި މަޖިލިސް ތެރޭގައި ކުރެވިދިޔަ ބަހުސްއެއްގައި ނާޒިލްވަނީ އޭނާގެ ކުރި މަތި ފަރާތަށް އިޝާރާތް ކުރެއްވުމަށްފަހު ނާޒިލް ވަނީ މިތަން ވީޑިއޯ ކޮށްބަލާށޭ ބުނެފައެވެ.

އެމްޑީޕީ އެތެރޭގެ ތިންތިހާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯއެއް އާއްމުވެފައިވެއެވެ. މެންބަރު ނާޒިލް ތުހުމަތު ކޮށްފައި ވަނީ އެ ވީޑިއޯ ކުރީ މެންބަރު އަސްލަމް ކަމަށެވެ.

މި މައްސަލަ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހެޅި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް މައުލޫމަތު ލިބިފައިވެއެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި "މެމްބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ކުރިއަށްދާނެ" ކަމަށެެވެ.

ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި ނާޒިލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސާރު މޫސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންފަ
Mee ebunaa izzai Teri membarun nakee mi kahala ladhu hayaaiy kuda kantha abadhu ves kuraanee khaassa koh MDP ah nisbaiy vaa membarun