އިންޑިއާގެ ވެރިރަށް ދިއްލީގެ ހައިވޭއެއް ހުރަސްކޮށް އަޅާފައިވާ ބުރިޖެއްގެ ދަށުގައި އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް ތާށިވެފައި އޮތް މަންޒަރު ދައްކުވައިދޭ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ގިނަބައެއްގެ ޝައުގިވެރިކަން ހުއްޓިއްޖެއެވެ.
މިހާރު ބޭނުން ނުކުރާ، އަދި ވިއްކާލާފައިވާ މި މަތިންދާ ބޯޓު ދިއްލީގެ ހައިވޭއެއް ހުރަސްކޮށް އަޅާފައިވާ މި ބްރިޖުގެ ދަށުގައި ތާށިވެފައިވަނީ، މަތިންދާ ބޯޓު އޮތްތަނުން އެހެންތަނަކަށް ގެންދިއުމުގެ މަގުމަތީގައެވެ.
އަދި ސޯޝަލް މީޑިއާގައި އާންމުވެ އެތައްބައެއްގެ ޝައުގުވެރިކަން ހުއްޓުނު މި ވީޑިއޯއިން ފެންނަ ގޮތުގައި، ފިޔަގަޑު ނައްޓާލާފައިވާ މިމަތިންދާ ބޯޓު ބުރިޖްގެ ދަށުގައި ތާށިވެފައި އޮތްއިރު، މަތިދާބޯޓު ތާށިވެފައި އޮތް ބްރިޖު ދަށުން މަތިދާ ބޯޓު ހުރަސްކޮށް ކާރުތަކާއި އަދި އޭނޫންވެސް އެއްގަމު އުޅަދުތައް ދަތުރުކުރާ މަންޒަރު ފެނެއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ނޫސްވެރިޔާ މި ވީޑިއޯ ޓުވީޓު ކުރަމުންވަނީ، މި ބޯޓާއި ގުޅޭގޮތުން އެއަރ އިންޑިއާއިން އާންމު ކޮށްފައިވާ ސްޓޭޓްމަންޓްވެސް ޝެއަރ ކޮށްފައެވެ. އެއަރ އިންޑިއާގެ މި ސްޓޭޓްމަންޓުގައި ބުނެފައިވަނީ، މި މަތިންދާ ބޯޓާއި އެއަރލައިްނއާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމުގައެވެ.
"މިއީ މިހާރު އެއަރ އިންޑިއާގައި ރަޖިސްޓްރީ ކުރެވިފައިވާ މަތިންދާ ބޯޓެއް ނޫން، އަދި މިއީ ވިއްކާލާފައިވާ ބޯޓެއް. މި މަތިންދާ ބޯޓާއި އެއަރ އިންޑިއާއާއި އެއްވެސް ކަހަލަ ގުޅުމެއް ނެތް،" އެއަރ އިންޑިއާގެ ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.
މި މަތިންދާ ބޯޓު ބުރިޖްގެ ދަށުގައި ތާށިވެފައި އޮތް މަންޒަރުގެ ވީޑިއޯ އެތައް ހާސްބަޔަލު ޓުވިޓަރއިންނާއި އަދި ޔޫޓިއުބުން ބަލާފައިވާއިރު، އެތައް ބަޔަކުވަނީ މި ބޯޓު މި ބުރިޖްގެ ދަށުގައި ތާށިވީ ގޮތާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
#WATCH An @airindiain plane ✈️ (not in service) got stuck under foot over bridge. Can anyone confirm the date and location?
The competition starts now? pic.twitter.com/pukB0VmsW3— Ashoke Raj (@Ashoke_Raj) October 3, 2021
މި ވީޑިއޯ ސޯޗަލް މީޑިއާގައި ވައިރަލް ވެގެން ގޮސްފައިވާއިރު، ވިޑިއޯއަށް ކޮމެންޓް ކޮށްފައިވާ ގޮތުން މި ބޯޓު މި ބްރިޖްގެ ދަށުގައި ތާށިވެފައި އޮންނަތާ މިހާރުވަނީ ދުވަސްކޮޅެއް ވެފައެވެ.
The plane was stuck on 2nd October, 2021 night. Saw the workers trying to get it out at 1.00 am while returning from T3.
— Suprabha V (@suprabha_v) October 4, 2021