ކޯޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯނު ގަތް މީހަކު ހޯދަނީ

ކޯޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯނު ގަތް މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 12:36
0

ކޭޝަ ކާޑެއް ވަގަށް ނަގައި އޭގެން ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިޑިއޯއާއިއެކު ހޯދަން އިއުލާންކޮށްފައިވާ މީހަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، އާޓިފިޝަލް ބީޗް ސަރަހައްދުން ކޭޝް ކާޑެއް ވަގަށް ނަގައިގެން، އެ ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.

މި މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުބޭ
ރައްޔިތުމީހާގެ ފައިސާކޮޅު ކާޑު އަތުޖެހޭ މީހަކަށް އެއްވެސް ހުރަހަކާނުލާ ނެގޭގޮތަށް ހަދާފަ ހުންނަ ބެންކު ގޮވައިގެން ދައުވާކުރަންވީނު