5 މީހުންނާއި އެކު ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފް ހަރަކާތްތެރިވާނެ ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ދޯނީގައި 5 ތިބި ފަސް މީހުން މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މިމީހުން ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓްވެސް ވަނީ ހަރަކާތްތެރިވެފައެވެ. މިމީހުން ފެނިފައިވަނީ މިއަދު 8:30 ހާއިރު އެމްއެންޑީއެފް ކޯސްޓް ގާޑަށެވެ.
ދޯނީގައި ތިބި މީޙުންގެ ހާލު ރަނގަޅު ކަމަށާއި، މިހާރު އެމީހުން ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ