އުރުދުންގެ ރަސްގެފާނު ސިއްރިޔާތުގައި، އެމެރިކާއާއި އިނގިރޭސިވިލާތުގައި، 70 މިލިއަން އެމެރިކާ ޑޮލަރުގެ އަގުރު ގަޑުވަރުތައް ގަނެ ޖަމާ ކޮށްވައިފާކަން ހާމަކޮށް ފަޅާ އަރުވާލައިފިއެވެ.
މިކަން ފަޅާ އަރުވާލާފައިވަނީ، ދުނިޔޭގައި މިހާތަނަށް ލީކޮކޮށްލި އެންމެ ބިޔަ، ވިޔަފާރީގެ މުއާމަތާތްތަކާބެހޭ ލިޔެކިޔުންތައް ލީކުކޮށް، ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ބިލިއަނަރުން ސިއްރިޔާތުގައި ނުހައްގުން ހޯދާފައިވާ މުއްސަދިކަމާ ގުޅުންހުރި އެތައް މަޢުލޫމާތެއް ޕަންޑޯރާ ޕޭޕާރސްގެ ނަމުގައި ލީކު ކޮށްލައިގެންނެވެ.
މިގޮތުން ލީކް ކޮށްލާފައިވާ ފައިންނޭންސްއާއި ގުޅުންހުރި ލިޔެކިޔުންތަކުގެ ތެރޭގައި، އުރުދުންގެ މިހާރުގެ ރަސްގެފާނު އަބުދުﷲ II ބިން އަލް ހުސެއިން 1999 ވަނަ އަހަރު އުރުދުންގެ ރަސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، ސިއްރު ކުންފުނިތަކުގެ ނެޓްވާކެއް ހައްދަވާ، ސިއްރިޔާތުގައި 15 ގަޑުވަރެއް ބައްލަވައިގަތުމަށް ހިންގާފައިވާ ސިއްރު މުއާމަލާތަތަކުގެ މައުލޫމާތު ހިމެނެއެވެ.
މީގެތެރޭގައި އެމެރިލާގެ ކެލިފޯނިއާގެ ބީޗް ސިޓީއެއްކަމުގައިވާ މަލިބު އިންނާއި އަދި އިނގިރޭސިވިލާތުގެ ލަންޑުގެ އިތުރުން އެސްކޮޓްއިން ސިއްރިޔާތުގައި ބައްލަވައިގެންފައިވާ އަގުބޮޑު ގަޑުވަރުތަކުގެ މައުލޫމާތުވެސް ހިމެނެއެވެ.
މިމައުލުމާތުތައް އާންމު ވުމާއި ގުޅިގެން، ރަސްގެފާނު އަބުދުﷲގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނި، އަބުދުﷲ ރަސްގެފާނު މިގަޑުވަރުތައް ބައްލަވައިގެންފައިވަނީ، އޭނާގެ އަމިއްލަ މިލްކިއްޔާތުގައި ހުރި ފައިސާ ބޭނުން ކުރައްވައިގެން ކަމަށާއި، މި ގަޑުވަރުތައް ބައްލަވައިގަތުމަށް އޭނާ އޮފްޝޯ ކުންފުނިަތއް (ކާކުކަން ނޭގޭގޮތަށް އެމީހަކަށް ނިސްބަތްވާ ފައިސާ ރައްކާކޮށް ދައުރުކު ކުރެވޭ ގޮތަށް ހިންގާ ކުންފުނިތައް) މި ގަޑުވަރުތައް ބައްލަވައިގަތުމުގައި ބޭނުން ކުރެއްވުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ނެތްކަމުގައެވެ.
އުރުދުންއަކީ ފާއިތުވެދިޔަ ތަނުގައި ވަކީން ޚާއްސަކޮށް އެމެރިކާއާއި އިނގިރޭސިވިާތުން މާލީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ލިބިފައިވާ ގައުމެކެވެ. އަދި އިގިރޭސި ސަރުކާރަކީ ފާއިތުވެދިޔަ ތަނުގައި އުރުދުންއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެވެ، މިގޮތުން، 2019ވަނަ އަހަރުން ފެށިގެން އެގައުމުންވަނީ މިހާތަނަށް އުރުދުންއަށް 650 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.
އަދި އުރުދުންގެ ރަސްގެފާނު ފާހަވެގެން ގޮސްފައިވަނީ، ހުލަނގުގެ ގައުމުތަކާ އެންމެ ގާތް ގުޅުމެއް އޮތް، މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ހުޅަގުގެ ގައުމުތަކުން އެންމެ ރުހޭ ސިޔާސަތު ގެންގުޅުއްވާ ލީޑަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.
މިގޮތުން، ލީކު ކޮށްލާފައިވާ، އުރުދުންގެ ރަސްގެފާނު ކޮށްފައިވާ ސިއްރު ވިޔަފާރީގެ މުއާމަލާތްތަކުން އެގޭ ގޮތުގައި، އޭނާވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު އެމެރިކާގެ ވޮޝިންޓަން ޑީސީގެ އަގުބޮޑު ސަރަހައްދެއް ކަމުގައިވާ ޖޯޖްޓައުންއިން 4 އެޕާޓްމަންޓެއް ބައްލަވައިގެންފައެވެ.
ބެލެވޭގޮތުގައި، އޭނާ ބައްލަވައިގެންފައިވާ މި އެޕާޓްމަންޓަތަކަކީ، އޭރު ޖޯޖްޓައުން ޔުނިވަރސިޓީގައި ތައުލީމު ހާސިލްކުރަމުންދިޔަ، އަބުދުﷲ ރަސްފެފާނުގެ ދަރިފުޅު، އުރުދުންގެ ވަލީ އަހުދު ޕްރިންސް ހުސެއިންގެ އާއި ގުޅުހުރި މުއާލަމާތްތަކެވެ.

އަބުދުއްﷲ ރަސްގެފާނު އެމެރިލާގެ ކެލިފޯނިއާގެ ބީޗް ސިޓީއެއްކަމުގައިވާ މަލިބުއިން ބައްލަވައިގެންފައިވާ ގަނޑުވަރު ބައްލަވައިގެންފައިވަނީ، މަލްޓި މިލިއަން ޑޮލަރުގެ އަގުބޮޑު ސަރައްހައްދެއްކަމުގައިވާ އުސް ބިމެއްގެ މަތީގައި ޕެސިފިކް ކަނޑުގެ ސަރައްދު ފެންނަގޮތަށް މަލިބުގެ ޑޫމް ޕެނިންސޫލާ ޕޮއިންޓުއިންނެވެ. މިއީ 7 ބެޑްރޫމްގެ ބޮޑު، އަގުބޮޑު ގަޑުވަރެކެވެ.
މި އަގުބޮޑު ގަޑުވަރު 2014ވަނަ އަހަރު ގަނެފައިވަނީ، 33.5 މިލިއަން ޑޮލަރަށް، އިގިރޭސިވިލާތުގެ ވާޖިން އައިލޭންޑް (BVI) ގައި ގާއިމްކޮށްފައިވާ ނެބިސްކޯ ހޯލްޑިން އެސްއޭގެ ނަމުގައެވެ. މިއީ އެދުވަސްވަރުގެ މިސަރަހައްދުގައި ކޮށްފައިވާ ރެކޯޑް އަދަދުގެ މުއާމަލާތެކެވެ.
އަދި މީގެއިތުރުން، BVI އަށް ނިސްބަތްވާ އިތުރު ދެ ކުންފުންޏަކުންވަނީ، މި ގަޑުވަރުގެ ދެފަރާތުގައި ޖެހިގެންހުރި ދެ އިމާރާތެއް 2015 ވަނަ އަހަރުއާއި 2017ވަނަ އަހަރުގައި ގަނެފައެވެ. މި މުއާމާތްތަކުގެ ޖުމްލަ އަގު 68 މިލިއަން އެމެރިކާ ޑޮލަަރަށް އަރައެވެ. އަދި ފަހުން މި ތިން އިމާރާތް އެއްކޮށްވަނީ އެއް ގަޑުވަރަކަށް ބަދަލު ކޮށްފައެވެ.
ޕެންޑޯރާ ޕޭޕާރސްގެ ނަމުގައި އާންމު ކޮށްފައިވާ މައުލުމާތުތަކުން އެގޭ ގޮތުގައި މި ތިން ކުންފުންޏަކީވެސް، ޕެނަމާގެ ލޯފާމަކުން ތަމްސީލު ކޮށްފައިވާ، އުރުދުންގެ ރަސްގެފާނު ސިއްރިޔާތުގައި ގެންގުޅުއްވާ 3 ކުންފުންޏެވެ.
ދުނިޔޭގައި މިހާތަނަށް ލީކޮކޮށްލި އެންމެ ބިޔަ، ވިޔަފާރީގެ މުއާމަތާތްތަކާބެހޭ ލިޔެކިޔުންތައް ލީކުކޮށް، ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ބިލިއަނަރުން ސިއްރިޔާތުގައި ނުހައްގުން ހޯދާފައިވާ މުއްސަދިކަމާ ގުޅުންހުރި އެތައް މަޢުލޫމާތެއް ލީކު ކޮށްލާފައިވާއިރު، މީގެތެރޭގައި، ދުނިޔޭގެ އެހާރާއި މިހާރުގެ 35 ސިޔާސީ ލީޑަރަކާއި، 300 އަށްވުރެ ގިނަ މަޝްހޫރު މީހަކު ސިއްރިޔާތުގައި އޮފް ޝޯރ ކުންފުނިތައް (ކާކުކަން ނޭގޭގޮތަށް އެމީހަކަށް ނިސްބަތްވާ ފައިސާ ރައްކާކޮށް ދައުރުކު ކުރެވޭ ގޮތަށް ހިންގާ ކުންފުނިތައް) ބޭނުން ކޮށްގެން ނުހައްގުން ހޯދާފައިވާ ފައިސާއާއި، ކޮށްފައިވާ މުއާމަލާތްތަކާ، ހޯދާފައިވާ އެސެޓްތަކާއި ބެހޭ މައުލޫމާތުތައް ޕަންޑޯރާ ޕޭޕާރސްގެ ނަމުގައިވަނީ ފަޅާ އަރުވާލާފައެވެ.
ކޮމެންޓު ފޮނުވާ