މަސްތުވާތަކެތީގެ މައްސަލަ ވަރަށްބޮޑު، މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ވަނީ ނިންމާފަ: އިމްރާން

މަސްތުވާތަކެތީގެ މައްސަލަ ވަރަށްބޮޑު، މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ވަނީ ނިންމާފަ: އިމްރާން

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2021 10:48
0

ރާއްޖޭގެ މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިސްކިތްތަކުގައި ކެމެރާ ހަރުކަން ނިންމާފައިވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ ސަލާމަތްތެރިކަމާއި ގުޅޭގޮތޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިސްކިތްތަކުގެ ތެރޭގައި، ހިންގޭ ޤާނޫނާއި ޚިލާފް ކަންތައްތަކާއި އެނޫންވެސް ބައެއް ކަންކަން ބެލެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

މިސްކިތްތަކުގެ ރައްކާތެރިކަމަށް އިސްލާމިކް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަވެފައިވާކަމަށެވެ. މިކަމަކީ ޚަރަދު ބޮޑު ކަމަކަށް ވީނަމަވެސް މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިސްކިތްތަކުގައި ހިނގާ ކަންކަން ސަވައިލަންސު ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، އެކުގައި މަސައްކަތްތަކެއް ކުރެވި އެކަމަށް ހައްލުތަކެއް ލިބޭތޯ މަސައްކަތް ކުރެވެމުންދޭ. އަޅުގަނޑަށް މިހާރު ޤަބޫލު ކުރެވޭ ގޮތުގައި މިސްކިތްތަކުގައި ކެމެރާ ބެހެއްޓުމަކީ ރާއްޖޭގެ މިއަދުގެ ހާލަތުގައި ކުރަންޖެހޭނެ ކަމެއް. މިސްކިތްތަކުގެ ސަލާމަތާއި، މިސްކިތްތަކުގެ ތެރޭގައި ހިންގާ އެންމެހައި ކަންކަމާއި، މިސްކިތްތަކުގެ ތެރޭގައި ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ހިނގާތޯ ބެލުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއްކަމަށް މިހާރު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ.

– އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެވެސް މާލޭގެ ބައެއް މިސްކިތްތަކަށް މީހަކު ވަނީ ކުޑަމު ގޮސްފައެވެ. އަދި ބައެއް މިސްކިތްތަކުން ވައްކަން ކުރުމާއި، ޓެރަރިޒަމްގެ އަމަލުތައް ރޭވުންތަދަ ކަންކަން ކުރާކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.