ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް ރީޑިންގ ޕާކެއް ގާއިމްކޮށްފިއެވެ. މި ރީޑިންގ ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަމްފަރު ޔޫތް ޑިވެލޮޕްމަންޓް އިންނެވެ.
މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ. މިތަނުގައި ބެހެއްޓިފައިވާ ފޮތް ހަރުގަނޑުތަކަކީ މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ނުވާނެހެން ހެދިފައިވާ ފޮތް ހަރުގަނޑުތަކެކެވެ. އަދި މިތަނުގައި ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތް ބެހެއްޓިފައިވެއެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އިށީނުމަށް ބެންޗާއި، އުނދޯލި އަދި ގޯލިފަތި ވަނީ ބެހެއްޓިފައެވެ.
މި ރީޑިންގ ޕާކުގެ ގެ ސަބަބުން މުޅި ރަށަށްވެސް ނުހަނު ބޭނުންތެރި މަގްސަދެއް ހާސިލްވެގެންދާނެ. ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނެވެރިން ހިމެނޭހެން މި ރަށުގެ އާބާދީގެ %80 ރައްޔިތުން ސްކޫލް ބޭނުންކުރަމުން ދިޔުމުގެ ސަބަބުން ރީޑިން ޕާކް ގާއިމްކުރެވިފައިވަނީ އެކަމަށް ވަރަށް އެކަށީގެންވާ ތަނެއްގައި. މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އިން ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.
– އާޞިފް ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ގޮތުން ކޮންމެ ކުއާޓަރއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ކަނޑައެޅެއެވެ. އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން 1 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.