ހައި ސްޕީޑް ފެރީ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ބަނދެފައިވާ ފުރަތަމަ ފެރީގެ ޓެސްޓު ދަތުރުތައް ފަށައިފިއެވެ.
ރާއްޖޭގެ ރަށްތަކަށް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ސްޕީޑު ފެރީގެ ޓެސްޓް ދަތުރުތައް ފަށާއިވަނީ އިއްޔެއެވެ.
Test trials of the first vessel of Integrated National Public Ferry Network is ongoing. Thanks to @MoNPHImv for your guidance during this process & Thanks to @gulfcraft Maldives for the dedicated commitment & assistance for MTCC to make this project a success. #MTCCSpeedFerry pic.twitter.com/HsPQ3IrgyB
— MTCC Plc (@MTCCPlc) October 3, 2021
ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ ގޮތަށް ފުރަތަމަ ލޯންޗު މިމަހު ކަނޑަށް ބާލާ، ޓެސްޓް ދަތުރުތައް ފަށާނެކަމަށެވެ.
ފެރީތަކަކީ 30ނޮޓްސްގެ ބާރުމިނުގަ ދުވާގޮތަށް ހަދާ ފެރީތަކެކެވެ. މިއީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ. ފެރީއެއްގައި އެއްފަހަރާ 50މީހުން އުފުލޭނެއެވެ. މީގެއިތުރަށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި، ބަލިމީހުންވެސް ފަސޭހައިން އުފުލޭނެއެވެ. މިޕްރޮޖެކްޓްގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށްވަނީ ބަހާލާފައެވެ. ޒޯން 1ގައި ހިމެނޭ ހ.އ، ހ.ދ އަދި ށ. އަތޮޅުގަ މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ.